ads
ދިރާގުން ސެމްސަންގް ގެލެކްސީ އެސް24ގެ މޮޑެލްތައް ލޯންޗުކޮށްފި
ދިރާގުން ސެމްސަންގް ގެލެކްސީ އެސް 24، އެސް 24 ޕްލަސް އަދި އެސް 24 އަލްޓްރާ ރާއްޖޭގައި ލޯންޗުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ސެމްސަންގްގެ އެ ފޯނުތައް ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ވަނީ ފޯނު ހަވާލުކޮށްފަ އެވެ.

ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ ފޯނުތައް ލޯންޗުކޮށްފައިވަނީ ސެމްސަންގް ސްރީލަންކާއާއި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަރު، ބްރޭޏްޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން އެވެ.

އެ ހަފުލާގައި ސޯންގް ވަނީ، 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ދިރާގާ ދެމެދު ގާއިމްކޮށްފައިވާ ޕާޓްނާޝިޕަށް އަލިއަޅުއްވާލައްވައިފަ އެވެ. އަދި ސެމްސަންގްގް ކަސްޓަމަރުން ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަކުރައްވައި އެންމެ ފަހުގެ ސެމްސަންގް ސްމާޓްފޯންތައް ރާއްޖެއަށް ގެނައުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

your imageދިރާގުން ސެމްސަންގް އެސް24 މޮޑެލްތައް ލޯންޗުކުރުން -- ފޮޓޯ/ ދިރާގު

މި އާ ގެލެކްސީ އެސް 24 ސީރީޒްއާ އެކު ސެމްސަންގުން ވަނީ "ގެލެކްސީ އޭއައި" ތައާރަފުކޮށްފަ އެވެ. އެގޮތުން މިއާ އެކު ކަސްޓަމަރުންނަށް ތަފާތު ޒަމާނީ ޑިޒައިންއެއްގެ ފޯނެއްގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާ އިން މުޅިން އައު ތަޖުރިބާއެއް ލިބިގެންދާނެ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ދިރާގުން ވަނީ ހާއްސަ އޮފާއަކާ އެކު ސެމްސަންގް ގެލެކްސީ ފޯނުތަކުގެ ޕްރީ-އޯޑަރަށް ހުޅުވާލާފަ އެވެ. އެގޮތުން ދިރާގުން ގަންނަ ކޮންމެ ފޯނަކާ އެކު ކަސްޓަމަރުންނަށް 12 މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު ފަސް ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބެ އެވެ. 

your imageދިރާގުން ސެމްސަންގް އެސް24 މޮޑެލްތައް ލޯންޗުކުރުން -- ފޮޓޯ/ ދިރާގު

މީގެ އިތުރުން ދިރާގު ކަސްޓަމަރުންނަށް ގެލެކްސީ އެސް24 ޕްލަސް އަދި އެސް24 އަލްޓްރާއާއެކު ހިލޭ ގެލެކްސީ ވޮޗް 6 ކްލަސިކްއެއް އަދި އެސް24އާ އެކު ހިލޭ ގެލެކްސީ ވޮޗްއެއް ލިބޭނެ އެވެ.

"ސެމްސަންގްއާއެކު ގާއިމުކޮށްފައިވާ ދެމެހެއްޓެނިވި ޕާޓްނާޝިޕަކީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ސްމާޓް ޓެކްނޮލޮޖީ ފޯރުކޮށްދީ، ޑިޖިޓަލް މުސްތަގުބަލުގައި އެ ފަރާތްތަކަށް ކުރިއަށް އެރުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް މީ" މިރްޝާން ވިދާޅުވި އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވައި ދިނުމަށް މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް