ads
ސަލްމާން ހާން
ގޭންގަކަށް ފަސް މިލިއަން ރުޕީޒް ނުދީފިނަމަ ސަލްމާން ހާން މަރާލާނެކަމުގެ އިންޒާރު ދީފި
ސަލްމާން ހާން މަރާލާނެ ކަމަށް ބުނެ އަނެއްކާވެސް އިންޒާރެއް ދީފިއެވެ.
Advertisement

މި ފަހަރު އިންޒާރު ދީފައިވަނީ ލޯރެންސް ބިޝްނޯއީ ގޭންގުންނެވެ. މުންބާއީ ޓްރެފިކް ޕޮލިހަށް ލިބުނު ވަޓްސްއެޕް މެސެޖެއްގައި ބުނެފައިވަނީ ސަލްމާން ހާން ދިރި ހުންނަން ބޭނުންނަމަ، ބިޝްނޯއީ ކޮމިއުނިޓީއަށް 5 މިލިއަން ރުޕީޒް ދޭންޖެހޭނެ ކަމަށެވެ.

މި އިންޒާރުގައި އިތުރަށް ބުނެފައިވަނީ މި ފައިސާ ނުދީފިނަމަ، ސަލްމާން ހާންގެ ހާލަތު ބާބާ ސިއްދީގީއަށްވުރެ ގޯސްވާނެ ކަމަށެވެ. ދާދިފަހުން މުންބާއީގައި ބާބާ ސިއްދީގީ ކިޔާ ސަލްމާން ހާނައި ބޮލީވުޑުގެ ގިނަ ބައެއްގެ އެކުވެރި ވިޔަފާރިވެރިއެއް ވަނީ މަރާލައިފައެވެ. އަދި މި މަރުގެ ޒިންމާ ނަގާފައިވަނީ ލޯރެންސް ބިޝްނޯއީ ގޭންގުން ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.

މި އިންޒާރާ ގުޅިގެން މުންބާއީ ޕޮލިހުން ވަނީ ސަލްމާން ހާންގެ ރައްކާތެރިކަން އިތުރުކޮށްފައެވެ. އަދި ބިޝްނޯއީ ގޭންގުގެ މުހިންމު މެންބަރެއް ކަމަށްވާ ސުކްބީރު ސިންގް އުރުފުން ސުކާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެއެވެ. އޭނާއަކީ ސަލްމާން ހާނަށް ހަމަލާދޭން ރޭވި ކަމަށް ބެލެވޭ މީހެކެވެ.

މި މައްސަލައިގެ އަސްލު ފެށުނީ 1998 ވަނަ އަހަރު ސަލްމާން ހާން ބްލެކްބަކެއް ފުއްލާއެއް މަރާލި ކަމަށް ތުހުމަތު ކުރެވުނު ހިސާބުންނެވެ. ބިޝްނޯއީ ކޮމިއުނިޓީން ބްލެކްބަކް ކަމަށް ބުނާ ފުއްލާ މަރާލުމަކީ މަނާ ކަމެކެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ސަލްމާން ހާނަށް އެކި ފަހަރު މަތިން އިންޒާރު ދެމުން އަންނަ ކަމަށް ބުނެއެވެ.

18%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް