އއ. މަތިވެރީގައި ކުރިޔަށް ގެންދާ އެންޖީއޯ ކޮންފެރެންސް ގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މި ކޮންފެރެންސް ގައި ރާއްޖޭގެ އެކި އެކި ޖަމާއަތްތަކުން ބައިވެރިވެފައި ވުމުން އެ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާކަމަށެވެ.
މި ސަރުކާރުގެ ޒައާމަތުގައި މަދަނީ ޖަމީއާތަކަށް ދިމާވެފައިވާ އެކި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނޭކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ގައި މަސްތުވާ ތަކެތީގެ ސަބަބުން ދިމާވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ސަބަބުން އަނިޔާ ލިބި އެ އަނިޔާތައް ތަހައްމަލް ކުރަމުން އަންނަ އާއިލާތައް އިތުރެވެފައިވާކަމަށާއި އެ މައްސަލަތަކުގެ ސަބަބުން ކުޑަކުދިންގެ ކުރިމަގު ވިސްވިހާލި ވާކަމަކީ އެންމެނައް އެނގޭ ވަރަށް ބޮޑަ މައްސަލައެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މުޅި ގައުމު މި އޮތީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުވެފައިކަމަށް އާދަމް ޝަރީފް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ދިވެހި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތަކެއް ރައްޔިތުންނައް ކުރިމަތިވާކަމަށާއި އޭގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ހީނުކުރާފަދަ ބޮޑެތި މައްސަލަތަކެއް އުފެދިގެން ގޮސްފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިކަންކަމަށް ހައްލެއް ގެންނަން މަސައްކަތް ނުކޮށްފިނަމަ ދެން ކުރިމަތިވާނީ ކޮންހާލެއްތަކެއް ކަމެއް ދެނެގަންނަން އުނދަގޫކަމަށާއި އެ ކަމާއި ވިސްނަންވެސް އެއީ ފަސޭހަަކަމެއް ނޫންކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގެ ތެރެއިން ގައުމުގެ ވެރިކަން ހިންގަމުން ދާއިރު ފެނިގެން ދަނީ އެންމެ ބޭނުންވާ ރީތި މަނާޒިބުތަކެއް ނޫކަމަށާއި މިކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ކުރަން ޖެހޭނެ ކަންކަމާއި މެދު ވިސްނުން ވަރަށް މުހިންމު ކަމުގަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ވިސްނުން ވިސްނާއި ދިނުމާއި ކަން އޮންނަން ވީ ގޮތް ބުނެދިނުމާއި އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ހަގީގީ މާނާއިގައި ރާއްޖޭގެ މި ހާލަތު ބަދަލުކުރުމަށް އެންމެ ރަނގަޅު އެއްބަޔަކީ މަދަނީ ޖަމިއްޔާތައް ކަމުގަ އެވެ.
ސަލަފް ޖަމިއްޔާއިން އިސްނަގައިގެން އއ.މަތިވެރީގައި ކުރިއަށްގެންދާ މިމަހާސިންތާއަކީ މުޅިރާއްޖެ ތަމްސީލް ވާގޮތަށް ކޮންމެ އަތޮޅަކުން ޖަމުއިއްޔާއެއް ބައިވެރިވެގެން ކުރިއަށް ގެންދާ މަހާސިންތާއެކެވެ.