ads
ނަލަހިޔާ ހޮޓަލު ސަރަހައްދުން ދުން އަރަނީ— ފޮޓޯ: މޯލްޑިވިއަން ރެޑް ކްރެސެންޓް
ނަލަހިޔާ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް
ނަލަހިޔާ ހޮޓަލުން ދުން އަރާތީ އެމްއެންޑީއެފް ފަޔާ އެން ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ނަލަހިޔާ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ރިޕޯޓްކޮށްފައިވަނީ އިރުއޮއްސުންހާއިރު ކަމަށެވެ.  

 އެމްްއެންޑީއެފްއިން ބުނީ ދުން އަރާފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގި ފިލާއިންނެވެ. 

މިހާރު ފަޔާ ފައިޓަރުން އަންނަނީ އެ އިމާރާތުން ދުން ބޭރުކުރުމުގެ މަސައްްކަތް ކުރަމުންނެވެ. 

ނަލަހިޔާ ހޮޓަލުން ދުން ބޭރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ވަނީ އެ ސަރަހައްދުގައި އުޅޭ މީހުން ސަމާލުވާން އަންގައިފައެވެ.

އެގޮތުން ކޮންމެގެން ބޭރަށް ދާންޖެހިގެން ނޫނީ ނުދިއުން، ގޭގެ ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުން އަދި ބޭރަށް ނުކުންނައިރު އަނގައާއި ނޭފަތް ނިވާކުރަން އަންގައިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް