ads
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެ އެވެ.

މިރޭ ފުލުހުން ބުނީ ހުޅުމާލެ ފިތުރޯނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.

އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 16:28ގައި ކަމަށް އެ ހިދުމަތުން ބުނެއެވެ.

ފުލުހުން ބުނީ އެކަން އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާމުވެފައިވާއިރު، އެ ވީޑިއޯއިން ހަތަރު މީހަކު މަގުމަތީ ވެއްޓިފައިވާ މަންޒަރު ފެނެއެވެ. އަދި އެތަނުން ބައެއް މީހުން ގައިން ލޭ އަންނަ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް