މީޑިޔާއަކާއި ވާހަކަ ދައްކަވަމުން ސައީދު އިތުރަށް ވިދާޅުވީ ވޯލްޑް ބޭންކްގެ ޓީމުން ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ އިގުތިޞާދު ކުރިއެރުވުމަށް ކުރިއަށް ރޭވިފައި ހުރި ކަންކަމާ ގުޅޭ މައުލޫމާތާއި އަދި ރާއްޖޭގެ އިގުތިސާދު މެނޭޖްކުރުމަށް ނަގާނެ ފިޔަވަޅުތައް ދެނެގަތުންކަމަށެވެ.
ސައީދު ވިދާޅުވީ، ވޯލްޑް ބޭންކްގެ އިތުރުންވެސް ދުނިޔޭގެ މާލީ އެހެން އިދާރާތަކާއި، އެހެން ގައުމުތަކާއެކު ރާއްޖޭގެ މިވަގުތުގެ ހާލަތާއި އަދި އިގުތިޞާދު ފުޅާކުރުމަށްޓަކައި ވިސްނާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދޭނެކަމަށާއި މިއީ ރާއްޖޭގެ އިގުތިސާދު ފަހިވެގެންދާނެ ކަމެއްކަމުގަ އެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލްތައްވެސް ހުރިކަމަށާއި އެއަދަދު މިހާރު %50 އަށް ދަށްކުރެވިފައި އެހުރީދަށް ކުރެވިފައިވާކަމަށް ސައީދު ވިދާޅުވި އެވެ.
އަދިވެސް އެތައް ބައިވަރު ބިލްތަކެއް ހުރީ ނުދައްކާ ކަމަށާއި އެކަންތައްތައްވެސް މިހާރު އެޔަށް އެޓެންޑް ވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ.