ads
ގާޒާ ހަނގުރާމަ ހުއްޓުމުގެ މަލަމަތި ފެންނަން ފަށައިފި
އަސްކަރީ ބާރުން އެކަނި ހަމަޖެހުން ގާއިމު ނުކުރެވޭނެކަން ޔަގީން ވުމުން، ފަލަސްތީނާއި އިޒްރޭލުގައި ހަމަޖެހުން ގާއިމު ކުރަން، ގާޒާ ހަނގުރާމަ ހުއްޓުވުމަށްޓަކައި ހަމާސް އާއި އިޒްރޭލާއި ދެމެދު ކުރެވެމުންދާ މަޝްވަރާތަކުން އެކަށީގެންވާ ނަތީޖާއެއް ނިކުންނާނެ ކަމަށް ގަތަރުން ހާމަކޮށްފި އެވެ.
Advertisement

ގާޒާގެ ހަނގުރާމައިގެ މަޝްވަރާތަކަކީ ގަތަރާއި މިސްރުން އިސްވެ ފަށާފައިވާ މަޝްވަރާތަކެކެވެ. 

މިކަމާއި ގުޅިގެން ގަތަރުން ބުނެފައި ވަނީ ގާޒާ އަށް ހަރުކަށި އިޒްރޭލުން ދެމުންދާ ހަމަލާތައް ހަމަލާތައް ހުއްޓާލުމަށް އިޒުރޭލަށް ހުށަހެޅި ޝަރުތުތައް ޔަހޫދީން ގަބޫލުކޮށްފައިވާ ކަމަށާއި ހަމާސް އިން ވެސް ވަނީ އެ ޖަމާއަތަށް ހުށަހެޅި ޝަރުތުތައް ގަބޫލުކޮށްފައި ކަމަށެވެ.

މި މަޝްވަރާތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިމިގެންދިޔައީ މަސްރަހު ފިނިކުރެވިދާނެ ކަމުގެ އުންމީދާއިއެކު ކަމަށް ބުނެފައިވެއެވެ.

ޝަރުތުތައް ތިން ފިޔަވައްސަކަށް ބަހާލާފައިވާއިރު ފުރަތަމަ ޝަރުތަކީ 40 ދުވަހަށް ހަމަލާތައް ހުއްޓާލުމެވެ. މި ފިޔަވަހީގެ ދަށުން ޔަހޫދީ އަސީރުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްމީ މީހުން ހަމާސްއިން މިނިވަންކުރުމަށް އެއްބަސްވެފައިވާއިރު ގާޒާއަށް އެހީ ވެއްދުމަށް ޔަހޫދީން އެއްގޮތަކަށްވެސް ހުރަސް ނޭޅުމަށް އެއްބަސްވެފައިވެއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ހަމާސް އިން އަސީރުކޮށްފައި ތިބި ޔަހޫދީ ސިފައިންނާއި މަރުވެފައި ތިބި އަސީރުންގެ ހަށިތައް އިޒުރޭލާ ހަވާލުކުރުމަށް އެއްބަސްވެފައިވާއިރު ގާޒާއަށް ވައްދާ އެހީގެ ޕެކޭޖުތަކަށް ހުރަސް ނޭޅުން ހިމެނެއެވެ.

ދެ ފަރާތުން ހަމަލާތައް މުޅިން ހުއްޓާލަން ތިންވަނަ ފިޔަވަހީގައި ޖެހޭއިރު ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްތީން މީހުން މިނިވަންކުރުމަށް މަޝްވަރާތައް ވެސް ފަށާން ޖެހޭނެއެވެ.

މި މަޝްވަރާތަކުގެ ތެރޭގައި ޔަހޫދީ އަސްކަރިއްޔާ ގާޒާއިން ފައިބައި ތަން ހުސްކުރާ ވާހަކަ ހިމަނާފައި ނުވާއިރު ސުލްހައިގެ އެއްބަސްވުންތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި އޮތީ ގާޒާގެ އާންމުންނަށް ކަން ފާހަގަކުރެވެ އެވެ.    

7 އޮކްޓޯބަރު 2024 ގައި ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާ އަށް ފަހު، އިޒްރޭލުން ރައްދުގައި ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި ގާޒާއިން 27500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި މި ފަހަރުގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ސުލުހައަށް ވަނީ ބުރޫ އަރައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް