ads
ފުރަތަމަ ފަހަރަށް ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ފުރަތަމަ ފަހަރަށް ބެލްޖިއަމްގައި ކޮވިޑް-19 އަށް ބުޅަލެއް ޕޮޒިޓިވް ވެއްޖެއެވެ.
Advertisement

މިދިޔަ ހުކުރު ދުވަހު އޮފިޝަލުން ބުނި ގޮތުގައި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސް އަށް ބުޅަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބުޅަލަށް ކޮވިޑް-19 ޖެހުނީ އެ ބުޅަލުގެ ވެރިމީހާގެ ފަރާތުން ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ. މި ބުޅަލުގެ ވެރިމީހާއަކީ ކޮރޯނާ ވައިރަސް ޖެހިގެން ކަރަންޓީން ކޮށްފައިވާ އެގައުމުގެ އަންހެނެކެވެ.

މި ބުޅާ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭތީގެ ގައިން ބަލީގެ އަލާމާތްތައް ވަނީ ފެނިފަ އެވެ. މި ބުޅަލައް ނޭވާލާން އުނދަގޫވި ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. މި ބުޅާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެ ބުޅަލުގެ ވެރިމީހާ ކޮވިޑް-19 އަށް ޕޮޒިތިވްވީތާ ހަފްތާ އެއްވީ ފަހުންނެވެ. 

މިއީ މި ބައްޔައް ޕޮޒިޓިވް ވެފައިވާ ފުރަތަމަ ބުޅާ ނަމަވެސް، ކޮވިޑް-19 އަށް ދެ ކުއްތާ ވަނީ ހޮން ކޮންގައި ޕޮޒިޓިވް ވެފަ އެވެ. އެގޮތުން ބައްޔަށް ޕޮޒިޓިވްވީ ކުއްތާ އަކީ 17 އަހަރުގެ ޕޮމެރޭނިއަން އެކެވެ. މި ކުއްތާ މަރުވީ ކަރަންޓީން ނިންމާލައިފައި ގެއަށް ފޮނުވާލިތަނާ އެވެ. 

ޕްރޮފެސާ ވެން ގުކްޓް ބުނި ގޮތުގައި ބުޅަލައް ބޭރުން ހިންގުން ޖެހި، ހޮޑު ލެވި އަދި ނޭވާލާން އުނދަގޫ ވެގެން އުޅުނެވެ. އަދި ކޮވިޑް-19 ގެ އަސަރު ފެނިފައިވަނީ ބުޅަލުގެ ބޮޑުކަމުގޮސްފައިވާ އެއްޗެހިން ކަމަށްވެސް ޕްރޮފެސާ ވެން ގުކްޓް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ބުޅަލެއް ނުވަތަ ކުއްތާ އެއްގެ ފަރާތުން މީހެއްގެ ގަޔަކަށް ވައިރަސް އެއް ނާރާނެ އެވެ. އަދި މި ބުޅާ ބަލިވެފައި ވަނީ އޭނާގެ ވެރިމީހާގެ ފަރާތުން ކަމަށް ވެސް ޕްރޮފެސާ ވަނީ ބުނެފަ އެވެ. 

ބުޅަލުގެ އިތުރުން ބެލްޖިއަމްގައި 7،284 މީހުން ވަނީ މި ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ. އަދި 300 ވަރަކަށް މީހުންވަނީ މި ވައިރަސް ގެ ސަބަބުން މަރުވެފަ އެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް