ads
ފޮޓޯ: ރައީސް އޮފީސް
ލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ސްރީލަންކާގެ 76 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި، ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ސްރީލަންކާގެ މި ޚާއްޞަ މުނާސަބަތާ ގުޅިގެން އެކަން ފާހަގަ ކުރައްވާ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ގާތް ދެ ޤައުމު ކަން ފާހަގަ ކުރައްވައި، ދެ ޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ، އަދި ސަރަޙައްދީ ހަމަޖެހުމަށް އިސްކަންދޭ ގުޅުމެއްކަމުގައި ވިދާޅުވެފައިވެއެވެ.


ރައީސް ގެ އިތުރުން ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ވެސް ވަނީ ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައިއެވެ.

ރާއްޖެއާ ލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަދުވަހުއެވެ. އޭގެފަހުން 1980ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަދުވަހު ލަންކާގެ އެންބަސީއެއް ރާއްޖޭގައި ވަނީ ހުޅުވާފައެވެ. އަވައްޓެރި ގައުމުތަކުން އެންމެ ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނަ ގައުމަކީ ލަންކާއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް