
އޭޝިއަން ކަޕްގެ ތެރެއިން
އޭޝިއަން ކަޕުގެ ސެމީގެ ފަހު ޖާގަތައް އިރާނާ ގަތަރު
ސްޕޯޓްސް ޓީމް
04 ފެބްރުއަރީ 2024 - 21:15:47
އޭޝިއަން ކަޕުގެ ސެމީ ފައިނަލް ފަހު ޖާގަތައް އިރާނާއި މުބާރަތް ބާއްވާ ގައުމު ކަމަށްވާ ގަތަރުން ހޯދައިފިއެވެ.
ފަހު ސެމީގެ ޖާގައެއް އިރާނުން ހޯދީ ކުއާޓަ ފައިނަލުގައި ފަހަތުން އަރައި، ޖަޕާން ބަލިކޮށްގެނެވެ. ޖަޕާނުން ލަނޑެއް ޖަހާފައިވަނިކޮށް އިރާނުންވަނީ ދެ ލަނޑު ޖަހައިފައެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން ސެމީގެ ޖާގައެއް ކަށަވަރުކުރީ ކުއާޓާ ފައިނަލް މެޗުގައި އުޒްބަކިސްތާނު ބަލިކޮށްގެނެވެ. އުޒްބެކިސްތާނާ ގަތަރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން، ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން މޮޅުވެގެން ގަތަރު ސެމީން ފުރުސަތު ހޯދީއެވެ.
މުބާރާތުގެ ސެމީގައި ގަތަރު ވާދަކުރާނީ އިރާނާއެވެ. އަނެއް ސެމީގައި ވާދަކުރާނީ ދެކުނު ކޮރެއާ އާއި ޖޯޑަންއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް