ads
ދިވެހި ކްރިކެޓް ޓީމުގެ މެންބަރެއް- ފޮޓޯ އެމްއޯސީ
ކްރިކެޓް ޓީމު ދެވަނަ މެޗުންވެސް ބަލިވެއްޖެ
އޭސީސީ މެންސް ޗެލެންޖް ކަޕްގައި ރައްޖޭގެ ގައުމީ ކްރިކެޓް ޓީމް ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެއެވެ.

އޭސީސީ މެންސް ޗެލެންޖް ކަޕްގައި ރައްޖޭގެ ގައުމީ ކްރިކެޓް ޓީމް ކުޅުނު ދެވަނަ މެޗުން ވެސް ބަލިވުމާއެކު، މުބާރާތުގެ ސެމީފައިނަލްގެ ފުރުސަތު ރާއްޖެއަށްވަނީ ގެއްލިފައެވެ.

ރާއްޖެ ކުޅުނު ދެވަނަ މެޗުގައި މިއަދު ޖަޕާނު އަތުން ބަލިވީ 42 ލަނޑުންނެވެ. ޖަޕާނުން ވަނީ 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވިއިރު 150 ލަނޑު ހަދާފައެވެ. ރާއްޖޭގެ ހުރިހާ ކުޅުންތެރިން 20 އޯވަރުގެ ތެރޭގައި ނުބައިވިއިރު ހެދުނީ 108 ލަނޑެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޯރ އަތުން ބަލިވީ 41 ލަނޑުންނެވެ. ގްރޫޕް ސްޓޭޖްގައި ރާއްޖެއަށް ދެން އޮތީ އަންގާރަ ދުވަހު ތައިލެންޑާ ވާދަކުރާ މެޗެވެ. ހަތަރު ޓީމް ހިމެނޭ ގްރޫޕްގައި ރާއްޖެ އޮތީ ގްރޫޕްގެ ފުލުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް