ރައީސް ޑރ. މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ އިސްރަށްވެހިންގެ ތަޖުރިބާ އާ ވިސްނުން ރާއްޖެއަށް ބޭނުންވާކަމަށެވެ. އަދި އެފަދަ އިސްރަށްވެހިން އުމުރު 65 އަހަރަށްފަހު ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔަރ ވާންޖެހޭ ވަހުތަކީ އެފަދަ ހިދުމަތްތެރިންނަށް އުނދަގޫ ހާލަތެއް ކަމަށްވެސް ރައިސް ވިދާޅުވިއެވެ. އެހެންކަމުން 75 އަހަރާއި ހަމައަށް ވަޒީފާގައި ތިބެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ މި ސަރުކާރުން އިސްރަށްވެހީހެންފެ ހާއްސަ ދަފުތަރެއް އެކުލަވާލައްވާނެކަމަށެވެ. އަދި އިސްރަށްވެހީންގެ ހާއްސަ އިޖްތިމާއި މަރުކަޒުތަކެއް މާލެއާ އަތޮޅުތަކުގައި ގާއިމުކުރުމަށް ކެބިނެޓްގައި ނިންމާ އެ މަސައްކަތް ފަށާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިގެތެރެއިން މާލޭގައި މިފަދަ ފުރަތަމަ މަރުކަޒެއް މިއަހަރުގެ ތެރޭގައި ހުޅުވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އިސްރަށްވެހީންގެ ހާއްސަ ދަފުތަރެއް ސަރުކާރުން އެކުލަވައިލާނެ އެވެ. އަދި އިސްރަށްވެހީންގެ ހާއްސަ އިޖްތިމާއީ މަރުކަޒުތަކެއް މާލެއާ އަތޮޅުތަކުގައި ގާއިމުކުރަން ކެބިނެޓުން ނިންމައި އެމަސައްކަތްވެސް ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ ބެލެހެއްޓުމަށް އޭޖްޑް ކެއަރ ސެންޓަރުންތަކެއް ރާއްޖޭގެ 3 ސަރަހައްދެއްގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.