ads
ސްޕްރީމް ކޯޓް ހިންގާ ތީމުގެ
ޖުޑީޝަރީއަށް ނުފޫޒު ފޯރުވައިފިނަމަ ފިޔަވަޅު އަޅާނަން: ރައީސް
ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިފިނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ އަދުލުވެރިކަމާއި އިންސާފު ގާއިމު ކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާ ކުރައްވަން ޖެހޭ ވާޖިބުތައް އަދާ ކުރައްވާނެ ކަމަށާއި، ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

"އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތްކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން، އެ ފަރާތަކަށް ވަގުތުން ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވަލުވެވަޑައިގެންނެވި ފަހުން ޝަރުއީ ދާއިރާ ހިނގަމުން ދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

މީގެއިތުރުން ޝަރުއީ ދާއިރައަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނި ކުރުމަށްޓަކައި، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް