ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދާނީ ދެފުށް ފެންނަގޮތަށް، ހާމަކަން ބޮޑުކޮށްކަމަށެވެ. އަދި ސަރުކާރުގައި ނޫސްވެރިއަކަށް ވެސް ރައްޔިތަކަށް ވެސް އަޅުގަނޑުމެން ފޮރުވާނެ ކަމެއް ނޯންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރަށް މިވީ 11 ހަފުތާގެ ތެރޭ 5 ފަހަރަށް ނޫސްވެރީންނާ ބައްދަލުކޮށްފިކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އުންމީދަކީވެސް މީޑިއާތަކާ އަދި ރައްޔިތުންނާ ވީހައިވެސް ގާތުން ސަރުކާރުން މަސައްކަތް ކުރުންކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ރައްޔިތުންގެ އެކި ޖަމާޢަތްތަކާ ބައްދަލުކުރުމާއި، ރައްޔިތުންގެ ގޭގެއަށާއި ޢާއިލާތަކަށާއި ރާއްޖޭގެ އެކި ރަށްރަށައް ޒިޔާރަތްކުރެއްވުންކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;