ads
ސަރުކާރުގެ ގިނަ އޮފީސް ހުންނަ ވެލާނާ ބިލްޑިން
ހުޅުމާލޭގައި ސަރުކާރުގެ އޮފީސްތަކަށް ހާއްސަ އިމާރާތެއް އަޅަނީ
ހުޅުމާލޭގައި ސަރުކާރުގެ އޮފީސްތަކަށް ހާއްސަ އިމާރާތެއް އަޅަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް މުއިއްޒު މިހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، އެ އިމާރާތާ އެކު ސަރުކާރުގެ އޮފީސްތައް އެއް ތަނަކަށް ބަދަލުކުރެވި، ރަށްރަށުގައި ވެސް އެއް ފުރާޅެއްގެ ދަށުން ވީހާ ވެސް ގިނަ ކަންކަން ފުރިހަމަ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމުގައެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މަލްޓި ސްޓޯރީ ފުޓްސަލް އަދި ނެޓްބޯލް ކޮމްޕްލެކްސްތައް ހަދަން ހުޅުމާލޭން ދެ ބިން މިހާރު ހަމަޖައްސަވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ރާއްޖޭގެ ބިމުގެ ދަތިކަމަށް ވިސްނާފައި ކުރެއްވި ކަމެއް ކަމަށެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސްތަކަށް ހާއްސަ އިމާރާތެއް އަޅަން ނިންމާފައިވާކަމަށް ރައީސް މިއަދު އިއުލާން ކުރެއްވިއިރު، އޮފީސް އިމާރާތްތަކުގެ ކުއްޔަށް އަހަރަކު 200 މިލިއަނެއްހާ ރުފިޔާ ހޭދަވޭ ކޮންސްޓަރަކްސަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތަލިބް މިފަހުން ވަނީ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުކުރައްވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރު އޮފީސްތައް ހުރި އިމާރާތްތަށް ވަރަށް ބޮޑަށް ބާވެފައިހުރުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެއް ކަމަށާއި އެގޮތުން ކުރީގައި ބޭނުން ކުރަމުން ދިޔަ ގާޒީ ބިލްޑިންއާއި ހުރަވީ ބިލްޑިންގް ވެސް ބޭނުން ނުކުރެވޭ ވަރުވުމުން ތަޅާލެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

މުއްތަލިބު ވިދާޅުވިގޮތުގައި ބަޖެޓް ފާސްކުރުމުގެ ފަހު މަރުހަލާގައިވެސް އޮފީސް ބިލްޑިންގް އަކަށް ސަރުކާރަށް ރިކުއެސްޓް ކުރެވިފައިވާކަމަށާއި ސަރުކާރުން މިހާރުވެސް އޮފީސް ބިލްޑްތަކަށް 200 މިލިއަންއެއްހާ ރުފިޔާ އަހަރަކަށް ހަރަދުކުރަމުންދާކަމަށާއި އެއީ ހަމަ އެކަނި ކުއްޔައް އެކަނި ކަމުގައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ބޮޑު އޮފީސް އިމާރާތެއް އަޅަން ނިންމާފައިވާކަމަށާއި މިކަމަށް ބޭނުންވާ ބިން ހޯދުމުގެ ކަންތައް ކުރިޔަށް މިހާރު ދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް