ads
ރައީސްގެ ވައުދެއް؛ ނުކުޅެދޭ މީހުންނަށް 500 ފްލެޓް އެޅުން
އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން 500 ހައުސިންގ ޔުނިޓް ހިމެނުމަށް ނިނަމަވާފައިވާކަމަށް ރައީސް ޑރ މުހަންމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އަދި މިފަދަ ގައުމީ ދަފްރަތެއް ނެތުމުގެ ސަބަބުން ސަރުކާރުން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަން ޖެހޭ އެތައް ރައްޔިތުންނެއް އެކަމުން މަހުރޫމުވެފައި ވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖްތަމައުއަކާއި މާހައުލެއް ރާއްޖޭގައި އުފެއްދޭނެ ކަމަށާއި އެފަދަ ފަރާތްތަކަށް ފަރުވާދީ އެހީތެރިވަމުންދާނެ ކޮމިޔުނިޓީ ތެރަޕިސްޓުން ހިދުމަތަށް ނެރޭނެކަމަށެވެ. 

މީގެ އިތުރުން ނަފްސާނީ އެކި ބަލިތައް ތަޙައްމަލްކުރަމުންދާ މީހުންނަށް އަޅައިލުން އިތުރުކޮށް، ކޮންމެ ވަގުތަކުވެސް ސަރުކާރުގެ އެހީތެރިކަމަށްއެދި އެފަދަ ފަރާތްތަކަށް ގުޅައިލެވޭނެ ހެލްޕްލައިނެއް ގައިމުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް ވިދާޅުވި އެވެ.

އަދި އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން 500 ހައުސިންގ ޔުނިޓް ހިމެނުމަށް ނިންމާފައި ވާކަން ރައީސް އިއުލާނުކުރެއްވި އެވެ.

"އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން 500 ހައުސިންގ ޔުނިޓް ހިމެނުމަށް ނިންމާފައި" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލްސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު އެކުލަވާލެވޭ އުސޫލެއްގެތެރެއިން މަގުފަހި ކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދާއިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފެށިފައި ވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން މިއަހަރު އިސްރަށްވެހީންގެ ހާއްސަ ދަފްތަރެއް އެކުލަވާލާނެ ކަމަށެވެ.

އިސްރަށްވެހީންގެ ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް މާލެއާއި އަތޮޅުތަކުގައި ގާއިމުކުރަން ކެބިނެޓުން ނިންމާ، އެ މަސައްކަތްވެސް ހަފްތާ 14ގެ ތެރޭގައި ފެށިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން މާލޭގެ މިފަދަ ފުރަތަމަ މަރުކަޒު މި މަހުގެ ތެރޭގައި ހުޅުވޭނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސައަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ހިމެނޭ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު، ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތާއި، އެ ހާލަތަށް ދިޔަ ސަބަބާއި، އަދި އެކަންކަމުން އަރައިގަތުމަށް ކުރައްވާ މަަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް