ads
އިސްލާމީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުން: ރައީސް
އިސްލާމީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެެ އެވެ.
Advertisement

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގަ އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިސްލާމީ ޓީވީ ޗެނަލެއް އުފެއްދުމަށް މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.

އަލަށް އުފައްދާ ދީނީ ޗެނަލަށް ނޫރު ޓީވީ ކަމަށް މީގެ ކުރިން އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ މުހަންމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައި އެވެ. މި ނަން ކިޔުމުގެ ކުރިން އިސްލާމިކް މިނިސްޓަރު އާންމުންގެ ހިޔާލަށް އެދިލެއްވި އެވެ. މި ޗެނަލް ގެ އިތުރުން ވެސް ރާއްޖޭގައި ދީނީ ޗެނަލްތައް ހިންގައެވެ. ނޫރު ޗެނަލްއަކީ ދައުލަތުން އުފައްދާ އެންމެ ފުރަތަމަ ދީނީ ޗެނަލް އެވެ.

އިސްލާމީ ޗެނަލް ހިންގަން، ދައުލަތުގެ މީޑިއާ ހައުސް -- ޕީއެސްއެމްގެ ބެލުމުގެ ދަށުގައި އޮތް "މުންނާރު ޓީވީ" އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރަން ޕީއެސްއެމްގެ ބޯޑުން މި ހަފްތާގައި ވަނީ ނިންމާފައެވެ. އެއްބަސްވުމެއްގެ ދަށުން އެ ޗެނަލް އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރާއިރު މި ފަހުން މުންނާރު ޗެނަލް ހިންގަން މާބޮޑު މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ.

ޒަކާތު ފަންޑުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން މުންނާރު ފެށީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައެވެ. އޭރު ވެސް އިސްލާމިކް މިނިސްޓަރަކީ ޝަހީމެވެ. އެ މަސައްކަތް ކުރީން ވެސް ހިންގީ ޕީއެސްއެމްއާ ގުޅިގެންނެވެ. ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ މަޝްރޫއުއަށް ކަނޑައެޅިއިރު ފައިސާ އިން ބައެއް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް