ads
ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމް ކުރަނީ
ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމް ކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް މުއިއްޒު މިހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ.


ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮތް އަމާންކަމާ ހަމަޖެހުމަކީ ދޮށީ ދައުލަތެއްގެ ގޮތުގައި މިއަދާ ހަމަޔަށްވެސް މި ގައުމު ދެމިއޮތުމުގެ އެންމެ ބޮޑު އެއް ސިއްރުކަމަށާއި ގައުމުގެ އަމްނާ މަސަލަސްކަން ހިފެހެއްޓުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމެއް ރައީސް ވިދާޅުވި އެވެ. 

މި ސަރުކާރުން އަލަށް 10 ރަށެއްގައި ފުލުހުންގެ ޕޯސްޓް މިހާރު ވެސް ވަނީ ގާއިމުކޮށްފައިވާކަމަށާއި މި މަހުގެ ތެރޭގައި އިތުރު 9 ރަށެއްގައި ހިދުމަތް ފަށަން ވަނީ ތައްޔާރުވެފައިވާކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

ރަށްތަކުގެ މާހައުލުގައި ގާނޫން ތަންފީޒުކޮށް، އަމާންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ދައުރު މުޅި ރާއްޖެއަށް ފުޅާވެފައި އޮތުން ވަރަށް ބޭނުންތެރިކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ޕޮލިސް ސްޓޭޝަން ޤާއިމް ކުރުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފެށިގެންދާނޭކަމަށް ރައީސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް