ads
އަޒުލުކުރުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާ އެކު އެމްޑީޕީގެ މެމްބަރުން ވޯޓުން އެކަނި ރައީސް މަގާމުން ވަކި ކުރެވޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރަން ސަރުކާރުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި އެވެ.

ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. 

އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. އެ ބަދަލާއެކު މިހާރު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން އެކަނި ރައީސް މަގާމުން ވަކި ކުރެވޭނެ އެވެ.

މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައީ އާ ސަރުކާރުގެ ބައެއް މަގާމުތަކަށް ވަޑައިގަތުމަށް މަޖިލީހުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ ހަތް ގޮނޑިއެއް ހުސްވެފައި އޮތުމުންނެވެ. އެހެންވެ، އެ އިސްލާހުގެ ދަށުން އެމްޑީޕީ މެމްބަރުންގެ ވޯޓުން ރައީސް ވަކި ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެ އިސްލާހު ބާތިލް ކުރަން އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން މިހާރުވަނީ ބަލައިގަނެފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ ރައީސް ޑރ. މުއިއްޒު ވަކިކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ. އަނެއްކޮޅުން ވެރިކަން ކުރާ ކޯލިޝަނުންވަނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކިކުރަން މަޖިލީހަށް ހުށަހަޅާފަ އެވެ. 


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް