ads
އަތޮޅުތެރޭގެ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކުތައް ގާއިމުކުރަނީ
އަތޮޅުތެރޭގެ ފަސް ރަށެއްގައި ބްލަޑް ބެންކުތައް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ

ރައީސް ވިދާޅުވީ އެސްޓީއޯ ފާމަސީ މެދުވެރިކޮށް ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް އާސަންދަ ސްކީމުގެ ދަށުން ފަސޭހައިން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށާއި، އަތޮޅުތެރޭ ފަސް ސަަރަހައްދެއްގައި ބްލަޑް ބޭންުކުތައް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މާލެ ސަރަހައްދުގެ އިތުރުން، އަތޮޅު ތެރޭގެ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކުތައް ގާއިމުކުރުމަށް ވަނީ ކަނޑައެޅިފައި" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމުގެ އިތުރުން، ގްރޭޑް 10 ނިމުމުގެ ކުރިން ދަރިވަރުންނަށް ތެލެސީމިއާއަށް ޓެސްޓްކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެއިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ ލެބޯޓްރީއެއް ގާއިމުކޮށް، ރާއްޖޭގެ އެކި ސަރަޙައްދުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން މިއަހަރު ފަށާ މަޝްރޫއު ފުރިހަމަވުމުން މާލެ ނައިސް ރަށާ ކައިރިން ސިއްހީ ފަރުވާ ހޯދޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

"ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ހަސްފަތާލެއް ލ. އަތޮޅުގައި ތަރައްގީ ކުރެވިގެންދާނެ. އަދި ކެންސަރަށް ފަރުވާދޭ ހާއްސަ ހަސްފަތާލަކާ ތެލަސީމިއާ ކުދީންނަށް ފަރުވާދޭ ހާއްސަ ހަސްފަތާލަކާ، އަންހެނުންނާ ކުޑަކުދީންނަށް ފަރުވާދޭ ހާއްސަ ހަސްފަތާލެއް މި ދައުރުގައި މާލެ ސިޓީގައި އިރާދަކުރެއްވިއްޔާ ބިނާކުރާނަން. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ހިދުމަތްތައް ފުރިހަމަކުރަން ޒަމާނީ އިތުރު ބިނާއެއްކޮށް، ވިލިމާލޭގައިވެސް 100 އެނދުގެ ޓާޝަރީ ހަސްފަތާލެއް އިރާދަކުރެއްވިއްޔާ އަޅާނަން،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އައްޑޫ ހިތަދޫގައި ހުރި ހޮސްޕިޓަލާއި ކުޅުދުއްފުށީގައި ހުރި ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، މާލެ ނައިސް މައިގަނޑު ހުރިހާ ފަރުވާއެއް ލިބޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް މި އަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް