ads
މަސްއޮޑި ޓީމުގެ ތޮއްޕެ
ބީޖީ ސައިޒަށް ކަނޑައި، މަސްއޮޑި ސެމީއަށް
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް މަސްއޮޑި ސްޕޯޓްސް ކްލަބު ސެމީން ފުރުސަތު ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ކުއާޓަ ފައިނަލްގެ ފުރަތަމަ މެޗުން މަސްއޮޑި މޮޅުވީ ބީޖީއާ ދެކޮޅަށް ކުޅެ ފަސޭހަކަމާ ފަހެއް ސުމެއްގެ ނަތީޖާއަކުންނެވެ. 

މި ނަތީޖާއާއެކު ސެމީގެ ފުރަތަމަ ޖާގަ މަސްއޮޑިއަށް ލިބުނީއެވެ. މަސްއޮޑި ސެމީއަށް މިދިޔައީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާއެކުއެވެ. ސެމީގައި މަސްއޮޑި ކުޅޭނީ ޓެންޓް ސްޕޯޓްސް ކްލަބާއި ލެގޫންސް މެޗުން މޮޅުވާ ބަޔަކާއެވެ.

މިއަދުގެ މެޗުގައި މަސްއޮޑިން ޖެހި ފަސް ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. ފުރަތަމަ ގޯލު މެޗުގެ 51 ވަނަ މިނިޓްގައި ޖެހީ، މުހައްމަދު ރާހިލް ރަޝީދު އެވެ. ދެވަނަ ލަނޑު ޖެހީ މަސް އޮޑީގެ މިސްރު ކުޅުންތެރިޔާ، އެލް ސައީދުއެވެ. ތިންވަނަ ލަނޑަކީ، އަރިމަތިން މަސް އޮޑި ޓީމުގެ ތޮއްޕޭ ހުރަހެއް ނަގަން ފޮނުވާލި ބޯޅައެއް ބީޖީ ކުޅުންތެރިއަކު ފައިގައި ޖެހިފައި ބައުންސްވެގެން އައިސް ބީޖީގެ ކީޕަރު، ހުސެއިން އިބްރާހިމް ބޯމަތިން ވަން ގޯލެކެވެ. ހަތަރުވަނަ ލަނޑު ޖެހީ އިބްރާހީމް ޝަރީފުއެވެ. އަދި ފަހު ލަނޑު، ޕެނަލްޓީއަކުން ޖެހީ އިސްމާއިލް ފިކްރީއެވެ.

ދެ ވަނަ ޑިވިޝަނުގައި މާދަމާ ހަވީރު ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ބައްދަލުކުރާނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ޕީކޭ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް