އެ ކުންފުނިންވަނީ އެ މަރުކަޒަށް 8 އޭސީ ޔުނިޓް ހަދިޔާކޮށްފައެވެ.
މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައިސް ވިދާޅުވީ މި ސަރުކާރުން އިސްރަށްވެހީންގެ ހާއްސަ އިޖްތިމާއި މަރުކަޒުތަކެއް މާލެއާ އަތޮޅުތަކުގައި ގާއިމުކުރުމަށް ކެބިނެޓްގައި ނިންމާ އެ މަސައްކަތް ފަށާފައިވާކަމަށެވެ. މީގެތެރެއިން މާލޭގައި މިފަދަ ފުރަތަމަ މަރުކަޒެއް މިއަހަރުގެ ތެރޭގައި ހުޅުވާނެކަމަށްވެސް ރައީސް މުއިއްޒު ވަނީނވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްރަށްވެހީންގެ ހާއްސަ ދަފުތަރެއް ސަރުކާރުން އެކުލަވައިލާނެ އެވެ. މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ ބެލެހެއްޓުމަށް އޭޖްޑް ކެއަރ ސެންޓަރުންތަކެއް ރާއްޖޭގެ 3 ސަރަހައްދެއްގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.