ads
މިއީ މިހާތަނަށް ރައީސަކު ދެއްވި އެންމެ ފުރިހަމަ ރިޔާސީ ބަޔާން: ގާސިމް
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް ރާއްޖޭގެ ރައީސަކު އިއްވި އެންމެ ފުރިހަމަ ރިޔާސީ ބަޔާންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިރޭ “އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

"ޝައްކެތް ނެތް ގޮތުގައި  މިހާތަނަށް  ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކު،  ރައްޔިތުންގެ މަޖލިހުގެ ޖަލްސާއެއްގައި ރައްޔިތުންނަށް އިއްވެވި އެންމެ  ތަފްޞީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ، މިއަދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޢިއްޒު ⁦‬⁩ އިއްވެވި ރިޔާސީބަޔާނެވެ." ގާސިމް ވިދާޅުވި އެވެ. 

 ގާސިމް ވަނީ އެކަމާ ގުޅިގެން ރައީސް ތަޙްނިޔާއާއި މުބާރަކް ބާދު އަރިސްކޮށްފައެވެ.

ގާސިމް ވިދާޅުވީ، ރައީސް ‏ދިވެހި ގައުމުގެ އިއްޔެ އާއި މިއަދުގެ ހާލަތާއި އެކު، މާދަމާއަށް ކުރާ އުންމީދުތަކާއި، ހޯއްދަވާނޭ ހައްލުތައް ވިދާޅުވެދެއްވީ ނުހަނު އުއްމީދުން  ފުރިގެންވާ ގޮތުގަކަމަށެވެ. 

ރައީސްގެ ރިޔާސީ ބަޔާންގައި ގައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާ ހިމެނޭކަމަށް ގާސިމް ވިދާޅުވި އެވެ. އެކު

ރައީސްގެ ރިޔާސީ ބަޔާން މެންބަރުން ތަކެއް ބޮއިކެޓް ކުރެއްވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރައެއް ގޮތުގައި ވަނީ ސުވާލް އުފައްދަވާފައެވެ.

ގާސިމް މިހެން ވިދާޅުވެފައި މިވަނީ މިއަދު ރައީސް ރިޔާސީ ބަޔާން އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ބޮއިކޮޓްކުރުމާއި ގުޅިގެންނެވެ. 

އިދިކޮޅު ބޮޑު ދެ ޕާޓީން ރައީސްގެ ރިޔާސީ ބަޔާން ބޮއިކޮޓް ކުރުމުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް