ads
ކޮރަޕްޝަން ހިންގާ މީހަކަށް އިސްވެ ފިޔަވަޅު އަޅާނީ އަޅުގަނޑު:ރައީސް
މި ސަރުކާރުގައި ކޮރަޕްޝަން ހިންގާ މީހުންނަށް އިސްވެ ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޖަވާބުގެ ނަމުގައި މިހާރު ރައީސް އޮފީހުން ކުރިޔަށް ގެންދާ ސޯޝަލް މީޑިއާ ޕްރޮމޯޝަންގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ކޮންމެ ދުވަހަކު ގެނެސްދޭ ސުވާލާއި ޖަވާބުގައި މިއަދު ސުވާލުކުރި މީހާ ބުނީ ފްލެޓްތަަކާއި ގޯތި ދޭނެ ލިސްޓެއް ރައީސްގެ އަނބިކަނބަލުން ގެންގުޅުއްވާ އަޑު އަހާކަމަށާއި އެ ލިސްޓަށް ދޭނެ ވާހަކަ އަޑުއަހާކަމަށެވެ. 

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ސުވާލަކީ ފްލެޓާއި ގަޯތީގެ ކަންތަކުގައި ވަރަށް ގިނަ ބަޔަކު ހިތުގައި ޝައްކު އުފައްދަން ބަޔަކު ކުރާ މަސައްކަތުން ޝައްކު އުފެދިފައިވާ ސުވާލެއްކަމަށެވެ. ރައީސް ވިދާޅުވީ އެހެންނަމަވެސް ޔަގީން ކުރަންވީ ކަމަކީ ފްލެޓް ވިޔަސް ގޯތި ވިޔަސް ނުވަތަ އެހެން ޕްރޮގްރާމެއް ވިޔަސް އެކަން ކުރިޔަށް ދާނީ އިންސާފު ވެރިކަމާއި ހަމަހަމަ ކަމާއި ދެ ފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން ކަމަށެވެ. އަދި އެއިން އެއްވެސްކަމަކަށް އެއްވެސް މީހެއްގެ ނުފޫޒު ފޯރުވުމަށް ފުރުސަތު ނުދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

" އަޅުގަނޑެއް އަދި އަޅުގަނޑުގެ އަންހެނުންވިޔަސް އަދި އަޅުގަނޑުގެ ރައްޓެެއްސެއްވެސް ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހެއް ވިޔަސް އެއްވެސް ކަހަލަ އެއްވެސް ނޫފުޒެއް އެއްވެސް ދިމާލަކު ފޯރުވައިގެން މި ސަރުކާރަކުންނެއް އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

ރައީސް މުއިއްޒު ވިދާޅުވީ އެކަހަލަ އެއްވެސް ކަމަކަށް އެއްވެސް މީހެއް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު ޖާގަ ދެއްވާނެކަމެއް ނޫންކަމަށެވެ. އަދި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މައުލޫމާތު ލިބިއްޖެނަމަ އެ މީހަކަށް އިސްވެ ފިޔަވަޅު އަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

" މިހާރު ނެރޭ ލިސްޓު ނުވަތަ އެކަހަލަ މައުލޫމާތަކާއި ގުޅިގެން އެ ދައްކާ ވާހަކަތަކީ އެއްގޮތަކަށްވެސް ހަގީގަތެއް ހިމެނޭ ކަންކަމެއް ނޫން. އެއީ ސަރުކާރާއި މެދު ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިގެން ދޮގު ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުދައްފަން ދައްކާ ވާހަކަތަކެއް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވަރިކަމުގައި ދިން ހިޔާ ފްލެޓްތައް ދިނީވެސް ވަކި ލިސްޓަކަށް ކަމަށް އަޑު ފެތިރިގެންދިޔައެވެ. އޭރު ސަރުކާރުން ފްލެޓް ލިސްޓު ލިބުނު މީހުން އާއްމުކުރިއރު ލިސްޓުގައި ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާއްމުނުކޮށް ހަމައެކަނި އާއްމުކުރީ ލިބުނު މީހުންގެ ނަމްބަރުތަކެވެ. އޭރު ހައުސިން މިނިސްޓަރުގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް