ads
ވައުދާއި އެއްގޮތަށް ފުރަތަމަ ދަތުރުގައި ރައީސް ގުރައިދޫއަށް
ވެރިކަމަށް ވަޑައިގަތުމަށްފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ކޮޅުމަޑުލު ގުރައިދޫއަށް ވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުވުމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިަގްނަނަވަނީ އެމަނިކުފާނަށް އިންތިހާބުގައި އެންމެ ގިނަ ޥޯޓް ލިބުނު ގުރައިދޫއަށްކަމަށެވެ. އެރަށުން %74 ޕަސެންޓް ވޯޓް ވަނީ ލިބިފައެވެ.

ރައީސް ކޮޅުމަޑުލަށް ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުރާސްފަތިދުވަހުއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި އަދި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި އެރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް