ads
މި އަހަރު ތ. ގުރައިދޫ އެއާޕޯޓެއް އަޅަން ފަށާނެ: ރައީސް
ތ.އަތޮޅުގައި އެއާ ޕޯޓެއް އަޅަން މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ތ.ގުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ތ.އަތޮޅުގެ ރައްޔިތުންގެ ފަރާތުން ދެއްވި ތަރުހީބާއި ތައީދަށް ހިތުގެ އެންމެ ފުންމިނުން ސުކުރު އަދާ ކުރައްވާކަމަށެވެ.

ކެމްޕޭނުގައި ވެވިފައިވާ ވައުދުތައް ފުރިހަމަ ކޮށްދިނުމަށްޓަކާއި ވަރަށް ގިނަ ކަންތައްކަތެއް ޕްލޭނު ކޮށް ތަރުތީބު ކޮށް އެކުލަވާލުމެގެ މަސައްކަތް ފެށިގެން ކުރިޔަށް ދާކަމަށާއި ތ. ގުރައިދޫ އެއާޕޯޓު އެޅުމަށް ބަޖެޓުން ޖާގަ ދީފައި ނެތް ނަމަވެސް މިއަހަރުގެ ތެރޭގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށިގެންދާނޭކަމަށް ރައީސް ވިދާޅުވި އެވެ.

"ބަޖެޓުން އުނިކުރިޔަސް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތްގޮތް ހުންނާނެ ކަން އިރާދަކުރެއްވިއްޔާ އެ މަޝްރޫއުން ވެސް ފެނިގެން ދިޔަ، އެ މަޝްރޫއު އަޅުގަނޑުމެން ވާނީ ފަށާފައި،" ރާއްޖޭގެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ އެންމެ އުންމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމަށް އިޝާރާތް ކުރައްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންނައް އެންމެ މުހިންމުކަމެއްގެ ގޮތުގައި ރައްޔިތުން ރައީސް އަރިހުގައި ދެންނެވީ އެއާ ޕޯޓުގެ ވާހަކަ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެކަން ކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެކަމަށް ރައީސް ވިދާޅުވި އެވެ. 

your imageރައީސަށް މަރުހަބާ ދެންނެވުމަށް ގުރައިދޫގައި ބަހައްޓާފައިވާ އެއާޕޯޓު ދައްކުވައިދޭ ގިޑިގެ -

މީގެ އިތުރުންވެސް މުހިންމު ކަންތައްކުރަން އެބަހުރި ކަމަށާއި އޭގެ ތެރެގައި ހޮސްޕިޓަލްގެ މަސައްކަތާއި، މަގު ހެދުމާއި ކުޅިވަރާއި ގުޅުން ހުރި ގިނަ ފެޝިލިޓީސްތަކެއް ގާއިމް ކުރުންވެސް ހިމެނިގެން ދާނޭކަަމަށް ރައީސް ވިދާޅުވެ އެވެ.

"އަޅުގަނޑު ވެސް ބޭނުންވޭ، ތިޔަ ރައްޔިތުން އަދި ގައިމު ވެސް ބޭނުންވާނެ، ހުރިހާ ކަމެއް، އެއް ފަހަރާ ފަށަން، އެހެން ނަމަވެސް އެބަ ޖެހޭ ތަރުތީބު ކުރަން، އިގުތިސޯދު މި އޮތް ހާލަތު ބަލައިގަނެ، ކަންކަން އެބަ ޖެހޭ ތަރުތީބު ކުރަން،" ރައީސް ވިދާޅުވި އެވެ.

މި އިގުތިސޯދީ ހާލަތުގައި ވެސް ރަށްރަށުން ބޭނުންވާ ތަރައްގީ ހާސިލު ކުރުމަށް، ސަރުކާރުން ކުރެވެން ހުރި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް