ads
ރައީސް ޑރ. މުއިއްޒު ތ. ގުރައިދޫ ކައުންސިލާ ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ތ. ގުރައިދޫގެ ގޮންޖެހުންތައް އެރަށު ކައުންސިލުން ރައީސްއާ ހިއްސާ ކޮށްފި
ތ. ގުރައިދޫއަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތައް އެރަށު ކައުންސިލުން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ހިއްސާ ކޮށްފި އެވެ.

މިއަދު ރައީސް ޑރ. މުއިއްޒު ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާގަ އެވެ. 

މި ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން ވަނީ، ރަށުގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ކަމުގައި ފާހަގަކޮށް، މަސްވެރިންނަށް ބާނާ މަހުގެ އަގު ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާ ކޮށްފަ އެވެ.

ކައުންސިލުން ވަނީ އެރަށުގެ މަގުތައް ނުހެދި ހުރުމުން ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި، ވިއްސާރަ ދުވަސްވަރު ސްކޫލް ކުދިން ދަތުރުކުރުމަށް ބަހެއް ބޭނުންވާކަން ވެސް ފަހަގަކޮށްފަ އެވެ.

މީގެއިތުރުން ގުރައިދޫ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓާއި މުސާރައިގެ ދަތިކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަށް ކައުންސިލުން އެދިފައިވެ އެވެ. އަދި ޒުވާނުންނަށް ކުޅިވަރުކުޅުމަށް އިތުރު ބޭނުންވާ އިތުރު ވަސީލަތްތަކަށް ވެސް ކައުންސިލުން ވަނީ އަލިއަޅުވާލާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީމަސްވެރިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް އެމަނިކުފާނު ކަންތައްތަކެއް ކަނޑައަޅުއްވައި، އިއްޔެގެ ރިޔާސީ ބަޔާނުގައިވެސް އެކަން ފާހަގަ ކުރައްވާފައިވާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި ކައުންސިލުން ފާހަގަކުރި ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގުރައިދޫގައި އެއާ ޕޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް