ads
ފޯޑެން
ފޯޑެންގެ ހެޓްރިކާއެކު ސިޓީ ދެވަނައަށް
ޕްރިމިއަރ ލީގުގައި ބްރެންޓްފަޑް ބަލިކޮށް ޓޭބަލްގެ ދެވަނައަށް މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ސިޓީ ތިން ލަނޑު އެއް ލަނޑުން މޮޅުވެފައިވާއިރު، ސިޓީގެ ތިން ލަނޑުވެސް ޖެހީ ފިލް ފޮޑެންއެވެ. 

ބްރެންޓްފަޑްގެ ލަނޑު ޖެހީ ފްރާންސް ފޯވާޑް ނީލް މައުޕޭ އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއީ ކުޅުނު 22 މެޗުން ސިޓީއަށް 49 ޕޮއިންޓާއެކު އެވެ.

މި މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، މިއީ ފޯޑެންގެ ކެރިއަރުގައި މިހާތަނަށް އޭނާ އެންމެ އާދަޔާ ހިލާފު ފޯމެއްގައި ކުޅެމުން އަންނަ ސީޒަން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް