ads
ގުރައިދޫގައި މިއަދު ބޭއްވި ޖަލްސާގައި ގައްސާން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް
ރައީސް އަށް މީހުން ގަދަރު ކުރަނީ ވެވަޑައިގަންނަވާ ވައުދުފުޅުތައް ފުއްދަވާތީ: ގައްސާން
ރައީސް ޑރ. މުއިއްޒު ދެކެ މީހުން ލޯބިވާ ސަބަބަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުފުޅުތައް ފުއްދަވާތީ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement

ތ. ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ގައްސާން ވިދާޅުވީ ހަތުރުން ފާރަވެރި ކަޅިއަކުން ހިތްހަމަނުޖެހި ފިލާތިބެ ކަންކަން ބަލަމުންދާއިރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިއްޒަތާއި އިތުބާރާއި ހައިބަތު އެމީހުންގެ ކުރިމަތީގައި އުފުލިގެންދާ ކަމަށެވެ.

އެމަނިކުފާނު ދެކެ ލޯބިވެ ގަދަރުކުރާ މީހުން ގަދަރުކުރާ އެންމެ ބޮޑު އެއް ސަބަބަކީ އެމަނިކުފާނު ގަދަ ބަސް ވިދާޅުނުވެ އެމަނިކުފާނު ވަރުގެ ބޭފުޅަކު ދުނިޔޭގައި ނެތްކަމަށް އަމިއްލައަށް ދެކިވަޑައިނުގަންވާ މަޑުމައިތިރިކަމާ ލޯތްބާއެކު ރައްޔިތުންނާއި މުހާތަބު ކުރެއްވާތީ ކަމަށް ގައްސާން ވިދާޅުވިއެވެ.

ގައްސާން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާ އިހްލާސްތެރިކަމާ ތެދުވެރިކަން ކުރިޔަށް ނެރުއްވާ ރައްޔިތުންނައް ހިދުމަތް ކުރަމުން ގެންދަވާތީ ކަމުގަ އެވެ. 

"އެމަނިކުފާނު ދެކެ ލޯބިވާ މީހުން، އިހްލާސްތެރި ލޯބި އިތުރުވާ އެއް ސަބަބަކީ އެމަނިކުފާނު ގަދަ ބަސް ވިދާޅުވާތީއެއް ނޫން، އެމަނިކުފާނު ވަރުގެ ބޭފުޅަކު ދުނިޔޭގައި ނެތްކަމަށް އަމިއްލައަށް ދެކިވަޑައިގެން ކުރައްވާ ކަމަކުން ވެސް ނޫން. ރައްޔިތުންނަށް ކުރައްވާ ގަދަ ފަދަ އަމުރަކުން ނޫން. އެއީ ވަރަށް މަޑުމައިތިރިކަމާ ލޯތްބާއެކު ރައްޔިތުންނާއި މުހާތަބު ކުރެއްވި ކަމުގައި ވިޔަސް، އެމަނިކުފާނުގެ ދޫފުޅަކީ ވަރަށް ތޫނު ހަތިޔާރަކަށްވީތީ، އެބަހުގެ މުރާދަކީ ދޫފުޅުން ވިދާޅުވާ ބަސްފުޅުގެ ތެދުކަން. ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާކަން މިއަދު ވެސް ހާމަވެގެން ހިނގައްޖެ." ގައްސާން ވިދާޅުވި އެވެ.

މި ހަފްލާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތ. ގުރައިދޫ އެއާޕޯޓު އެޅުމަށް ބަޖެޓުން ޖާގަ ދީފައި ނެތް ނަމަވެސް މިއަހަރުގެ ތެރޭގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށިގެންދާނޭކަމުގަ އެވެ. 

މީގެ އިތުރުންވެސް މުހިންމު ކަންތައްކުރަން އެބަހުރި ކަމަށާއި އޭގެ ތެރެގައި ހޮސްޕިޓަލްގެ މަސައްކަތާއި، މަގު ހެދުމާއި ކުޅިވަރާއި ގުޅުން ހުރި ގިނަ ފެޝިލިޓީސްތަކެއް ގާއިމް ކުރުންވެސް ހިމެނިގެން ދާނޭކަަމަށް ރައީސް ވިދާޅުވެ އެވެ.

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް