ads
ފުނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން
ފުނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ށ.ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޢަބްދުﷲ ޒިޔާދު އެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 90 ދުވަހުގެ ތެރޭގައި މަސައްކަތުގެ ކުރެހުމާއި، އެއްގޮތަށް ހުރިހާ މަސައްކަތެއް ނިންމަން ޖެހެއެވެ. މި މަސައްކަތުގެ އަގަކީ 3،499،540.20 ( ތިން މިލިއަން ހަތަރު ލައްކަ ނުވަދިހަ ނުވަހާސް ފައްސަތޭކަ ސާޅީސް  ރުފިޔާ ވިހިލާރި އެވެ.

މި އެއްބަސްވުމުގެ ތެރެއިން ފުނަދޫ ފުޓްބޯޅަ ދަނޑަށް 2400 ކިއުބިކް މީޓަރުގެ ވެލި އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަބްބޭސް މަސައްކަތް ނިމޭއިރު ފެން ހިންދުމަށްޓަކައި ދަނޑު ވަށައިގެން ކާނު ވަޅުލެވިފައި ހުންނާނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް