ads
ދިޔަމިގިލީގެ ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންގޮސްދޭނަން: ރައީސް
ތ. ދިޔަމިގިލީގެ ތަރައްގީއަށް ރާވާފައިހުރި ހުރިހާ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުއްޓިފައިހުރި މަޝްރޫއުތަކާއި އަދި ކުރިއަށްހުރި ހުރިހާ މަޝްރޫއެއް ވެސް މި ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ.

ރައީސް ވިދަޅުވީ މިހާރު ގައުމަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކަންދޭ ތަރުތީބެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

އެފަދައިން މަސައްކަތްތައް ތަރުތީބުކޮށް ދިޔަމިގިލީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ހަމައެހެންމެ ކޯޒްވޭގެ މަސައްކަތް ވެސް ހަގީގަތަކަށް ހެދޭނެކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މިހާރު ނުވަ ހަފުތާގައި ހިމެނޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާކަމަށާއި، ހަފުތާ 14ގައި ބަކީ ހުރި ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ރައީސް ވަނީ މިއަދު ހެނދުނު ތ. ގުރައިދޫއަށް ވެސް ވަޑައިގަންނަވާ އެ ރަށުގެ ރައްޔިތުންނާއި ކައުންސިލާ ބައްދަލު ކުރައްވަފަ އެވެ.

ރައީސް ޑރ. މުއިއްޒު ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް