ads
މިސަރުކާރުން ރައްޔިތެއްގެ ހައްގަކަށް އަރައިނުގަންނާނެ: ރައީސް
ނުފުޒު ފޯރުވައިގެން މި ސަރުކާރުން ރައްޔިތެއްގެ ހައްގަކަށް އަރައިނުގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުންދޭ ފްލެޓާ ބެހޭގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކަށް "ރައީސްގެ ޖަވާބު"ގައި ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުންނަވާ ފަރާތަކުން ނުފޫޒު ފޯރުވައިގެން އެއްވެސް ރައްޔިތެއްގެ ހައްގަކަށް އަރައިނުގަންނާނެ ކަމަށެވެ.

"އަޅުގަނޑަށް އަދި އަޅުގަނޑުގެ އަންހެނުން ވިޔަސް އަދި އަޅުގަނޑުގެ ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމެއްގަ ހުރި މީހެއްވިޔަސް އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެނެއް މިސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ. އެއީ ގެދޮރުވެރި ކަމުގެ ފްލެޓެއް ވިޔަސް، އަދި އެހެންކަހަލަ ހައްގެއް ކަމަކަށް ވިޔަސް، އެއްވެސް މީހެއް މަހުރޫމު ކުރުމަކަށް ކަމެއް ނުކުރާނެ،" ރައީސް ޔަގީންކަން ދެއްވި އެވެ.

ރައީސް ވިދާޅުވީ ފްލެޓް ލިސްޓްގެ ކަންކަން ކުރިޔަށް ދާނީ އިންސާފުވެރިކަމާއި ހަމަހަމަ ކަމާ އެކީގައި ދެފުށް ފެންނަ ގޮތަށް ކަމަށާއި، އެފަދަ ކަމެއް ހިންގައިފިނަމަ އެ ފަރާތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"އެހެންވީމަ ޔަގީން ކުރަންވީ ކަމަކީ އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޖާގަ ދޭނެ ކަމެއްނޫން، އަދި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މަޢުލޫމާތު ލިބިއްޖެއްޔާ އެކަމަށް ފިޔަވަޅުވެސް އިސްވެ އަޅުގަނޑު އަޅާނަން" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ބެހޭގޮތުން ދައްކާ ވާހަކަ ތަކަކީ ހަގީގަތާ ހިލާފު، ސަރުކާރާ މެދުގައި ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަ ތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް