ads
ތަރައްގީގެ މަސައްކަތްތައް ކުރާނީ ރައްޔިތުންނާއި މަޝްވަރާކޮށްގެން: ނައިބް ރައީސް
ރަށް ތަކުގައި ކުރިޔަށް ގެންދާ ތަރައްގީ މަސައްކަތްތައް ކުރިޔަށް ގެންދާނީ ރައްޔިތުންނާއި މަޝްވަރާކޮށްގެން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ގދ.މަޑަވެލީގައި ކުރިޔަށް ގެންދަން ނިންމާފައިވާ ތަރައްގީގެ މަސައްކަތްތަކާއި ބެހޭ ގޮތުން އެ ރަށުގެ ކައުންސިލްގެ މެމްބަރުންނާއި މަޝްވަރާ ކުރުމަށް މިއަދު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެވެ.

މި ބައްދަލުވުމުގައި އެ ރަށުގެ ކައުސިލުން ވަނީ ރަށުގެ ބިމުގެ ދަތިކަމުގެ ސަބަބުން ހުރި ގޮންޖެހުންތަކާއި، ބަނދަރުގެ ޖާގަ ދަތިވުމުގެ ސަބަބުން ރަށުގެ މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ބެހޭ ގޮތުން ނައިބް ރައީސް އާއި ވާހަކަ ދައްކަވާފައި އެވެ. 

އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނުނިމި ހުރުމާއި، މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގައި އެކަށީގެންވާ ވަރަށް ކުލާސްރޫމްތައް ނެތުމާއި، ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުނުކުރެވޭތީ ކުރިމަތިވާ ދަތިތައްވެސް ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި އެވެ. 

ނައިބް ރައީސް ވިދާޅުވީ ސަރުކާރުން އަދި އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ހައްލު ކޮށްދިނުމަށް ކަމަށާއި އެ ރަށަށް މުހިންމު ޕްލޭންތަކެއް ހުރިކަމަށާއި އެކަންކަން ކުރިއަށްގެންދަވާނީ ރަށުގެ ރައްޔިތުންނާ މަޝްވަރާ ކޮށްގެންކަމުގަ އެވެ. 

ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި، ކަމާގުޅޭ ވުޒާރާ އަދި އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް