ads
ޖޯޑަން - ކޮރެއާ ސެމީ މެޗުގެ ތެރެއިން
ގަދަފަދަ ކޮރެއާ ކަޓުވާލައި ޖޯޑަން ފައިނަލަށް
އޭއެފްސީ އޭޝިއަން ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޖޯޑަންއިން ހޯދައިފިއެވެ.
Advertisement

ގަތަރުގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޖޯޑަންއިން ހޯދީ، ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ބަލިކޮށްގެނެވެ. 

ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމުގައި ކުޅުނު ސެމީ ފައިނަލް މެޗު ޖޯޑަންއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ އޭޝިއަން ކަޕުގެ ފައިނަލުން އެ ޓީމު ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ.

މެޗުގައި ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށް ފަހު، ޖޯޑަންއިން ފުރަތަމަ ލަނޑު ޖެހީ، ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައެވެ. މޫސާ އަލް-ތަމާރީ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޔަޒާން އަލް-ނައިމަތެވެ. އަދި މެޗުގެ 66 ވަނަ މިނެޓުގައި ނިޒާރް މަހްމޫދު އަލް-ރަޝްދާންގެ އެހީއާއެކު އަލް-ތަމާރީ ވަނީ ލަނޑެއް ޖަހައި، ޖޯޑަންގެ ލީޑު ފުޅާކޮށްދީފައެވެ.

މުބާރާތުގެ ފައިނަލުގައި ޖޯޑަން ވާދަކުރަން ޖެހޭނީ ސެމީ ފައިނަލް ދެވަނަ މެޗުގައި ގަތަރާއި އިރާން ކުޅެގެން މޮޅުވާ ޓީމަކާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް