ވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ދިވެހި ރާއްޖޭގެ ރައްޔިތުންނައް އުފާވެރި އާމާން ހިތްހަމަ ޖެހޭ މާހައުލެއް ގާއިމުކުރުމަށްޓަކާއި ވަރަށް ގިނަ ގުނަ ކަންތައްތަކެއް ރައީސް މުއިއްޒު ކުރައްވަމުން އަންނަ ކަމަށެވެ.
މި މަސައްކަތުގެ ނަތީޖާ އަކަށް ވެގެން ދާނީ އަވަސް މުސްތަގުބަލެއްގައި ރައްޔިތުންނަށް ހިތް ފަސޭހަ ކަމާއި އުފާ ފާގަތިކަން ލިބިގެން ދިއުން ކަމަށާއި އެއާ އެކު ތަރައްގީގެ ޕްރޮޖެކްޓުތައް ބާރު ސްޕީޑެއްގައި ކުރިޔަށްދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ވެރިކަމާއި ހަވާލުވެވަޑައިގެން އިރު ދިވެހިންގެ މެދުގައި އޮންނަން ޖެހޭ އެއްބައިވަންތަ ކަމާއި އެބަނޑު އެއްބަފާކަމުގެ ރޫހު އޮތީ ވަރަށް ބޮޑަށް ނައްތާލެވިފައިކަމަށާއި އަދި ގައުމީޔަތުގެ އަސާސް ވަނީ ވަރަށް ބޮޑަށް ފުނޑުފުނޑު ކޮށްލެވިފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުސްތަގުބަލުގައި އުފާ ފާގަތިކަމާއި އުޖާލާކަމާއި ހިތްހަމަޖެހެމުގެ ދުވަސްތައް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.