ads
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަމުންދާ ފްލެޓްތައް
ފަތުރަނީ ދޮގު ވާހަކަ، ފްލްޓް ނުދޭކަށް ނޫޅެން: ހައުސިން މިނިސްޓްރީ
"ގެދޮރުވެރިޔާ" ސްކީމް އާއި ގުޅިގެން ފަތުރަމުން އަންނަ ވާހަކަތައް ދޮގުކޮށް، ގާނޫނީ ލަފާ ލިބުމުން ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓް ތަކުގެ ލިސްޓާއި ގުޅޭގޮތުން އެންޓ-ިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރަމުން ގެންދާ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމައި، އެ ކޮމިޝަނުގެ ހޯދުންތައް އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން މިމަހުގެ 4 ވަނަ ދުވަހު މިނިސްޓްރީން އޭސީސީއާ ބައްދަލުކޮށ،ް އެ ހޯދުންތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެ ތަހުގީގާއި ގުޅޭ އިތުރު ތަފްސީލް ހިއްސާކުރާނެ ކަމަށް އޭސީސީން އަންގާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

"އެ މައުލޫމާތު ލިބުމުން މި މައްސަލައާ ގުޅޭ ގާނޫނީ ލަފާ ހޯދައ،ި ފުލެޓްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ." މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފްލެޓް ލިބޭކަމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ފޯމުގައި މައްސަލައެއް ނެތް މީހުންނަށް ފްލެޓުތައް ދިނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އޭސީސީން ވަނީ ލަފާދީފައެވެ.

އޭސީސީން ބުނެފައިވަނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އޭގެތެރެއިން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ކަމުގެ ސައްހަ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ފަރާތްތަކާއި، ކައުންސިލްތަކުން ދޮގު މައުލޫމާތު ދީފައިވާ މީހުން ވެސް ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނީ ފްލެޓް ދިން މީހުން އިއުލާންކޮށް ނެރުނު ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަނުކުރެވިވާ ފޯމުގެ ނިސްބަތަކީ %207 ޕަސެންޓްކަމަށެވެ. އަދި ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ %19.7 ކަމަށް އޭސީސީން ބުނެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް