ads
އައިއެމްއެފްގެ ރިޕޯޓަށް މިނިސްޓަރު ސައީދު މަރުހަބާ ވިދާޅުވެއްޖެ
ރާއްޖޭގެ މާލީ ހާލަތު އިސްލާހު ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތައް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވާތީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އައިއެމްއެފުން އަންގާރަ ދުވަހު އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ، އެތެރެއާއި ބޭރުގެ ދަރަންޏަށް ހައްލު ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން މުހިއްމު އަމާޒެއް އޮތް މާލީ އިސްލާހީ ފިޔަވަޅުތަކެއް އެކުލަވާލައި، ވީހާ ވެސް އަވަހަށް ތަންފީޒުކުރުމުގެ މަސައްކަތް ކުރުމުން އަންނަ ކަމަށާއި، އެ ކަމަށް މަރުހަބާކިޔާ ކަމަށެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލީ ހާލަތު ރަނގަޅު ކުރުމަށް ގެންގުޅުއްވާ ސިޔާސަތު އައިއެމްއެފްއިން ފާހަގަކުރައްވާފައި ވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ކޮވިޑު 19އާ އެކު ކުރިމަތިވީ އިގުތިސާދީ ހާލަތުން އަރައިގަތުމަށް ފައިސާ ޗާޕުކުރަމުން އައި އައުން ހުއްޓާލަން މި ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެއިތުރުން އާސަންދައިގެ ހިދުމަތާއި ސަބްސިޑީ ދޭ އުސޫލު ވެސް ހައްގުވެރިންނަށް އިސްކަންދޭ އުސޫލަކަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު މި ރިޕޯޓުގައި އައިއެމްއެފް އިން ފާހަގަ ކޮށްފައިވެ އެވެ.

އައިއެމްއެފްއިން ވަނީ ރާއްޖޭގެ ވިޔަފާރީގެ މާހައުލު ރަނގަޅުކޮށް، ވެރިކަން ހަރުދަނާކޮށް، ހުނަރު ކުރިއެރުވުން އިތުރުކުރުމަކީ ވެސް ހަރުދަނާ އަދި ދެމެހެއްޓެނިވި ކުރިއެރުމަކަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް