ads
ހަމަ ނުޖެހުން ބޮޑުވި މެޗުގެ ތެރެއިން
މިކަހަލަ ކަމެއް ކުރިން ދުވަހަކުވެސް ދިމާނުވޭ: ސޮބާ
ވިކްޓްރީއާއި ކުޑަހެންވޭރު، ދެވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލް މެޗުގައި ދިމާވި ކަންކަމަކީ ކުރިން ދުވަހަކުވެސް ދިމާވެފައިވާ ޒާތުކަމެއް ނޫންކަމަށް ބުނެ، އެކަމާ މެދު ވިކްޓްރީގެ ކޯޗު ސޮބާހު މުހައްމަދު – ސޮބާ، ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސޮބާއަކީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި އެތައް ދުވަހަކު ކުޅެ، އަދި ކޯޗިންގައި މިހާރު އެންމެ މަތީގައި ހިމެނޭ ޒުވާން ކޯޗެކެވެ. 

މި ވަގުތު ވިކްޓްރީގެ ކޯޗުކަމުގެ މަގާމުގައި ހުރި ސޮބާވަނީ ކުރިން ނިއުރޭޑިއަންޓް، ވެލެންސިޔާ އަދި ގްރީން ސްޓްރީޓްސްއާއެކުވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ކުޅުންތެރިއެއްގެ ގޮތުގައިވެސް ސޮބާވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އަދި ސާފް ޗެމްޕިއަންޝިޕް ހޯދި ފުރަތަމަ ޓީމުގައިވެސް ސޮބާއަކީ މުހިއްމު ކުޅުންތެރިއެކެވެ.

ދެވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަ ހެންވޭރާ ދެކޮޅަށް ވިކްޓަރި ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުން ފެށުނީ ސޮބާ ހުރި ވިކްޓަރީގެ ބެންޗާ ދިމާ ކުރިމަތިންނެވެ. ދަނޑު ބޭރުން އެރި މީހުން ވިކްޓަރީގެ އެނަޓޮލީ ވްލާޗިޝޭވްއާ ދިމާ ކުރަން މަސައްކަތް ކުރި އެވެ. އެ ވަގުތު އެކަން ހުއްޓުވަން އެންމެ ފުރަތަމަ އަވަސްވެގަތީ ސޮބާ އެވެ. އެ ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި މީހަކު ސޮބާގެ މޫނު މަތީގައި ގޮތްމުށުން ޖަހައި އޭނާގެ އަނގަމަތި ފަޅާލި އެވެ.

ސޮބާ ސޯޝަލް މީޑިއާގައި ބުނީ، އޭނާ ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗުކޮށްދޭން ފެށި ފަހުން ވެސް މިއަދު ކުރިމަތިލާން ޖެހުނު ކަންތައްތަކާ މީގެ ކުރިން ކުރިމަތިލާން ޖެހިފައި ނެތް ކަމަށެވެ.

"ކޯޗެއްގެ ހައިސިއްޔަތުން، އަމިއްލަ ކުޅުންތެރިން ހިމާޔަތް ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް. ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗިން ކެރިއަރުގައި ވެސް މީގެ ކުރިން ދުވަހަކު ވެސް މިފަދަ ކަމެއް ތަޖުރިބާ ނުކުރަން. ވަރަށް ހިތާމަވެރި،" މިއަދުގެ މެޗަށް ފަހު ސޮބާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް