މި އެކްސްޕޯއަކީ މައު ހޯލްޑިން، އެމްވީ މެޑިކަލްސް އަދި ސޯލްޓް ވޯޓާއާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
ހެލްތް އެންޑް ވެލްނެސް އެކްސްޕޯގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާ ހިދުމަތްތައް ދޭނެ ގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވާ އެފަދަ ހިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް އެ އެކްސްޕޯ އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.
މިއެކްސްޕޯގައ ބައިވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ކަމަށާއި މި އެކްސްޕޯ ވެގެން ދާނީ އެ ފަރާތްތަކަށް އެ ޕްރޮޑަކްޓްސް އާންމުންނަށް ފޯރު ކޮށްދިނުމަށް ރަނގަޅު ފުރުސަތަކަށް ކަމަށްވެސް އިންތިޒާމު ކުރާ ފަރާތަކުން ބުނެއެވެ.
ހިލޭ ވަދެވޭ ގޮތަށް ކުރިޔަސް ދާ ހެލްތް އެންޑް ވެލްނެސް އެކްސްޕޯ އޮންނާނީ އަންނަ އޭޕްރީލް މަހުގެ 18 ،19 އަދ 20 މި ތިން ދުވަހު، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ބުނީ ދެއްވާގޮތުގައި ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ހިދުމަތެއް ދޭ ފަރާތަކަށްވެސް މި އެކްސްޕޯގައި ބައިވެރިވެވޭނެ ކަމަށެވެ.
ހޮސްޕިޓަލްސް/ކްލިނިކްސްތަކާއި، މެޑިކަލް ލެބްސްތަކާއި، ފާމަސޫޓިކަލްސް/ ފާމަސީތަކާއި، ބިއުޓީކެއަރ / އޮޕްޓިކަލްސްތަކާއި، ފޫޑް އެންޑް ނިޔުޓްރިޝަންތަކާއި ގުޅޭ ފަރާތަކާއި، ހެލްތް އިންޝުއަރެންސްތަކާއި، މެޑިކަލް އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅޭ ފަރާތްތަކާއި، ޓްރޭޑިޝަނަލް މެޑިސިން އަދ ސްޕާތަކާއި، މެޑިކަލް ޓުއަ ސަމް ފެސިލިޓޭޓަރުންނާއި، ފިޓްނަސް ސެންޓަސްތަކާއި، އެއާލައިންސް ތަކުގެ އިތުރުން މެޑިކަލް ރިސާޗާސް އަދި އައިޓީ ސޮލުޝަންސް އެންޑް އިންފްރާސްޓރަކްޗަ ކުންފުނިތަކާއި ދިވެހ ބޭސް ފަރުވާދޭ ތަންތަން އަދި ކުލަބް ޖަމިއްޔާތަކަަށް މި އެކްސްޕޯގައި ބައިވެރިވެވޭކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.
ހެލްތު އެންޑް ވެލްނެސް އެކްސްޕޯ 2024" ގައި ބައިވެރިވާން ބޭނުންވާ ފަރާތްކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.