9:26- އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިއަދު ހެނދުނު 9 އެއް ޖަހާއިރު ބާއްވަން ނިންމާފައިވީއިރު، ކޮންގްރެސްއަށް ރަޖިސްޓްރީ ކުރި 14 ފަރާތުގެ ތެރެއިން ކޮންގްރެސްއަށް ހާޒިރުވީ ނުވަ ފަރާތަކުންނެވެ. ކޮންގްރެސް ކުރިއަށް ގެންދަން ބޭނުންވާ ކޯރަމްއަކީ 13 އެވެ.
9:31- ކޯރަމް ހަމަނުވާތީ މި ދަންފަޅި ކުރިއަށް ނުގެންދެވޭނެ ކަން އިއުލާން ކޮށްފިއެވެ. އަދި 9:45 ގައި ދެވަނަ ދަންފަޅި ފަށާނެ ކަމަށް އިއުލާންކޮށްފިއެވެ.
9:46- ކޯރަމް ހަމަވޭތޯ އިތުރު ވަގުތު ބެލުމުންވެސް ކޯރަމް ހަމަނުވިކަން އިއުލާންކޮށްފިއެވެ.
ދެން ކުރިއަށް ގެންދާނީ ކޯރަމް ހަމަނުވިޔަސް ގަވައިދުގައި އޮތް ގޮތުގެ މަތިން ކަމަށް ބައްސާމް އިއުލާން ކުރެއްވިއެވެ.
9:59- މަގާމްތަކަށް މީހުން އައްޔަންކޮށް ކޮންގްރެސް ނިންމާލައިފި