ads
އެއާކާގޯ ކްލިއަރެންސް ނިޒާމު އޮޓޮމޭޓުކޮށްފި
ވައިގެ މަގުން ގެންނަ މުދާ ކްލިއާކުރުމުގެ ނިޒާމު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އޮޓޮމޭޓުކޮށްފި އެވެ.

އެއާ ކާގޯ ކްލިއަރެންސްގެ ނިޒާމު އޮޓޮމޭޓުކުރުން އިފްތިތާޙުކޮށްދެއްވުމަށްފަހު ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވީ މީގެ ކުރިން ކަސްޓަމްސްއިން މުދާ ކްލިއާ ކުރަން، ދެ ދުވަސް ނަގާ ކަމަށާއި، ނަމަވެސް ކުރިޔަށް އޮތް ތަނުގައި މިހިދުމަތް ދެ ގަޑިއިރު ތެރޭ ރައްޔިތުންނަށް ލިބޭނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށާއި މި ނިޒާމު މިގޮތަށް ތަރުތީބުވެގެން ދިޔުމުން ރައީސްގެ މެންޑޭޓު ހާސިލްވަމުން އަންނަކަން ދޭހަކޮށްދޭ ކަމަށެވެ.

އެއާ ކާގޯ ކްލިއަރެންސްގެ ނިޒާމު ކުރިން އޮންނަގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ސިމާހް ވިދާޅުވީ މީގެ ކުރިން ކާގޯ ކްލިއަރެންސްގެ ހިދުމަތް ދީފައިވަނީ ދުވަސްވީ ނިޒާމެއްގެ ތެރެއިން ގިނަ މުއައްސަސާތަކެއް އެކުލެވިގެން ކަމަށާއި މިނިޒާމުގެ ތެރެއިން ވަރަށް ގިނަ ކަރުދާހާއި މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ.

ސިމާހް ވިދާޅުވީ އިފްތިތާހް ކުރެވުނު އޮޓޮމެޓިކް ނިޒާމުގެ ތެރެއިން މުދާ ނަގާއިރު އެމްއޭސީއެލްއިން ދޭ ނަންބަރެއް، ކަސްޓަމްސްގެ ޕޯޓަލްއެއްގައި ޖަހާލުމުން ޕޯޓަލްގެ ތެރެއިން، މަޢުލޫމާތު ޗެކްކޮށް މުދާ ދެވޭނެކަމަށެވެ. އަދި ކުރިންކުރި ކަރުދާހީ މަސައްކަތްތަކާއި، މެނުއަލްކޮށް، މުދަލުގެ ވެރިޔާގެ މައުލޫމާތު ރަނގަޅުތޯ ބެލި ބެލުން މިހާރު ކުރިއަށްދާނީ އޮޓޮމެޓިކޮށްކަމަށް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް