ads
އަޔާދާ މޯލްޑިވްސް ރިސޯޓް. މި ރިސޯޓުގައި ވެސް ވަނީ މުވައްޒަފުން ތިން މަހުގެ ނޯޕޭ ލީވް އަށް ފޮނުވާލާފައި--
ވަޒީފާއާ ބެހޭ ކަންކަން ނިންމުމުގެ ކުރިން ލޭބަ އޮތޯރިޓީއާ މަޝްވަރާ ކުރަން އަންގައިފި
ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެއްވެސް ކަމެއް ނިންމުމުގެ ކުރިން ލޭބަ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އާ މަޝްވަރާ ކުރަން އަންގައިފި އެވެ.
Advertisement

ހަލުވިކަމާއެކު ފެތުރެމުންދާ މި ބަލީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސްފައި ވާއިރު، ބައެއް ރިސޯޓުތަކުން އަންނަނީ ގާނޫނާ ހިލާފު ފިޔަވަޅުތައް މުވައްޒަފުންނާ މެދު އަޅަމުންނެވެ. 

އެކަންކަމާ ގުޅިގެން ލޭބާ އޮތޯރިޓީން މިރޭ ނެރުނު އިއުލާނުގައި ބުނެފައި ވަނީ ވަޒީފާގެ ކަންކަން ނިންމުމުގެ ކުރިން އެތަނާ މަޝްވަރާ ކުރަން އަންގާ ކަމަށާއި ގާނޫނާ ހިލާފު ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ. 

"ވީމާ، މި ދަނޑިވަޅުގައި މުވައްޒަފުންގެ ވަޒީފާ ގުޅުން ހުރި ކަންކަން ނިންމެވުމުގެ ކުރިން، އެ ކަންކަމާ ގުޅޭ ގޮތުން މި އޮތޯރިޓީއާއެކު މަޝްވަރާ ކުރެއްވުމަށާއި، އެއްވެސް މުވައްޒަފަކާ މެދު ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދަންނަވަމެވެ،" އެ އިއުލާނުގައި ވެއެވެ. 

ލޭބާ އޮތޯރިޓީން އިތުރަށް ބުނެފައި ވަނީ 1 މާޗް އިން ފެށިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ހާލަތަށް ބަދަލެއް ގެނެސްފައިވާ ނަމަ، އެކަން ނިންމި ގޮތުގެ ތަފްސީލް އެ އޮތޯރިޓީއާ އަންގަން ޖެހޭނެ ކަމަށެވެ. 

އެގޮތުން އެ އޮތޯރިޓީގެ ވެބްސައިޓުގައިވާ ފޯމެއް ފުރުމަށް ފަހު 15 އޭޕްރިލްގެ މެންދުރު 12:00 ގެ ކުރިން އީމެއިލް ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ވަނީ އަންގާފަ އެވެ. 

އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ވަޒީފާއަކަށް ބަދަލު ގެންނަ ނަމަ، އެގޮތަށް އެ އޮތޯރިޓީއަށް އެންގުމަށް އިއުލާނުގައި އެދިފައި ވެއެވެ. 

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން 11،000 އަށް ވުރެ ގިނަ މުވައްޒަފުން ނޯޕޭ ލީވަށް ދާންޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، އެއްވެސް މުވައްޒަފެއްގެ މުސާރަ ގެއްލުން، ބަލައި ނުގަނެވޭނެ ކަމަށް ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ވަނީ ބުނެފަ އެވެ. 

އެ އެސޯސިއޭޝަނުން މިހެން ބުނެފައި މި ވަނީ ކޮވިޑް-19 ގެ ސަބަބަން މިހާތަނަށް މުވައްޒަފުންނަށް މުސާރަ ނުދީ އަދި މުސާރައިން ބޮޑު އަދަދެއް ކެނޑުމަށް ނިންމައިފައިވާ ރިސޯޓުތަކުގެ ލިސްޓެއް އާންމު ކުރަމުންނެވެ. އެ ލިސްޓުން ދައްކާ ގޮތުން މިހާތަނަށް 58 ރިސޯޓަކުން ވަނީ މުވައްޒަފުންނާ މެދު މިފަދަ ފިޔަވަޅުތައް އަޅާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް