ads
މޯލްޑިވިއަނުން އަންނަނީ ފަތުރުވެރިން އުފުލުމަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުން
ސްކޫލް ޗުއްޓީއަށް މޯލްޑިވިއަނުން އިތުރު ފްލައިޓްތަކެއް
ސްކޫލް ޗުއްޓީއަށް ދުވަސްވަރާއި ދިމާކޮށް ޤައުމީ އެއާލައިން އަތޮޅުތެރެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
Advertisement

މި ސަރުކާރު އެކަޑެމިކް ކަލަންޑަރަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ކަލަންޑަރަށް ގެނައި ބަދަލާއި އެކު މިއަހަރުގެ ދިރާސީ އަހަރު ނިންމާ ދަރިވަރުން ޗުއްޓީއަށް ދާނީ މޭމަހުގެ 2 ވަނަދުވަހުއެވެ.  3 ހަފްތާގެ ޗުއްޓީއަށް ފަހު އައު ދިރާސީ އަހަރު މިހާރު ފަށާނީ އަންނަ މޭމަހުގެ 26 ވަނަދުވަހުއެވެ. މީގެއިތުރުން ރޯދަމަހުގެ ފަހު 10 އެއް ސަރުކާރުތައް ބަންދުވާތީ ސްކޫލްތައްވެސް 31 މާރިޗުން ފެށިގެން އޭޕްރިލް 12 އަށް ބަންދުވާނެއެވެ. 

ކޮންމެ އަަހަރެއްގެވެސް ސްކޫލް ޗުއްޓި ދުވަސްވަރަކީ އެތެރޭގެ އުދުންހުންތަކުވެސް ބާރު ބޮޑުވާ ދުވަސްވަރެކެވެ. މޯލްޑިވިއަނުން ބުނީ ޗުއްޓީ ދުވަސްވަރަށް އެ އެއާލައިނުން އިތުރު ފްލައިޓްތަކެއް ބޭއްވުމަށް މިހާރު ނިންމާފައިވާކަމަށެވެ. މި ނިންމާއިއެކު ހުރިހާ ސެކްޓަރައަކަށް އިތުރު ފްލައިޓް ދަތުރުތައް އޮންނާނެއެވެ. އެއާލައިނުން އިތުރު ފްލައިޓްތައް ބާއްވަނީ އޭޕްރިލް 29 ވަނަދުވަހުން ފެށިގެން މޭ 26 ގެ ނިޔަލަށެވެ. 

މޯލްޑިވިއަނުން އަންނަނީ ބޭރުގެ އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ މަތިންދާބޯޓްތަކެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މީގެ ފުރަތަމަ ބޯޓު ގެނެސް މިއަހަރުގެ ސެޕްޓެމްބަރުމަހު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް