ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޓޭމޫ އަދި ޝެއިން
ޓޭމޫ އާއީ ޝެއިންއިން ކުރާ ވިޔަފާރިން 30 ޕަސެންޓުގެ ފީއެއް، އޭޓީއެމުން ނެގުމުންވެސް ފީއެއް
ޑެބިޓް ކާޑުތަކަށް ދެމުން އައި ޑޮލަރުގެ ލިމިޓް ބޮޑުކުރާއިރު އެ ކާޑުތަކގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް ބޭންކް އޮފް މޯލްޑިވްސް ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
Advertisement

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާއިން ފެށިގެން ދެ ގުނައަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ދެމުން އަންނަ 250 ޑޮލަރުގެ ލިމިޓް ވަނީ މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައެވެ.   

ކާޑުގެ ލިމިޓް އިތުރުކުރިކަން ހާމަކޮށް ބީއެމްއެލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާ އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއްވެސް ގެނެސްފައިވާކަމަށެވެ. 

މިގޮތުން ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް އެކިއެކި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އާއްމުކޮށް ދިވެހިން ވިޔަފާރިކުރަމުން އަންނަ ބައެއް ސައިޓްތައްކަމަށްވާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު މީގެކުރިން ފީއެއް ނުނެގިނަމަވެސް މާދަމާއިން ފެށިގެން 30 އިންސައްތައާއި ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. 

އެހެންނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ކުރާ ވިޔަފާރިތަކަށް އެއްވެސް ފީއެއް ނުނަނަގާނެކަމަށް ބީއެމްއެލްއިން ބުނެެއެވެ.

މީގެއިތތުރުން ރާއްޖޭން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައްވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ބީއެމްއެލުން ބުނެއެވެ. އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް މިހާރު ކަނޑައަޅާފައިވާކަމަށާއި އަދި އޭޓީއެމްއިން ފައިސާ ނެގުމުން 10 ޔޫއެސްޑޮލަރު ފީއެއްގެ ގޮތުގައި ނެގޭނެކަމަށް ބީއެމްއެލުން ބުނެއެވެ. މީގެކުރިން ރާއްޖެއިން ބޭރުގެ އޭޓީއެމަކުން ޑޮލަރު ނެގުމުން ފީއެއްގެ ގޮތުގައި ނަގަމުން އައި 100 ރުފިޔާއެވެ. 

ބީއެމްއެލުން ބުނީ އެ ފިޔަވަޅު އެޅީ އެހެން މީހުންގެ ކާޑުތައް ރާއްޖޭން ބޭރަށް ގެންގޮސް އޭޓީއެމްތަކުން ފައިސާ ނަގާ އެ ފައިސާ ޑޮލަރަށް ބަދަލުކޮށް, ރާއްޖެ ގެނެސް ކަޅު ބާޒާރުގައި ވިއްކުމަކީ ކޮށް އުޅޭ ކަމަކަށްވާތީކަމަށެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް