ބީއެމްއެލް އިން ބުނީ، އެ ބަދަލާ އެކު ވިޔަފާރިތަކުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ހޯދަންޖެހުމުގެ މައްސަލައަށް ލުއިތަކެއް ލިބޭނެ ކަމަށެވެ.
މީގެ ކުރިން ވެސް ބީއެމްއެލް އިން ބޮޑެތި ވިޔަފާރިތަކުގެ ޓީޓީގެ މުއާމަލާތްތަކަށް ވަކި އަދަދުތަކެއް ޑޮލަރުން ދޭން ކަނޑައަޅާފައިވެ އެވެ. އަލަށް ގެނައި ބަދަލާ އެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ޓީޓީގެ މުއާމަލާތްތައް ހިންގުމަށް ބޭނުންވާ ޑޮލަރުގެ 30 ޕަސެންޓު ބޭންކުން ފޯރުކޮށްދޭނެ އެވެ.
މީގެ ކުރިން އެފަދަ ވިޔަފާރިތަކަށް ދޫކުރަނީ ޓީޓީގެ މުއަމާލާތްތަކަށް ބޭނުންވާ 5-10 ޕަސެންޓަށްވާ އަދަދުގެ ޑޮލަރެވެ.
ބީއެމްއެލް އިން ވިޔަފާރިތަކަށް ޓީޓީގެ މުއާމަލާތްތަކުގައި ދޭ ޑޮލަރުގެ އަދަދު އިތުރު ކުރި އިރު ބީއެމްއެލް ޑެބިޓް ކާޑުތަކުގެ ލިމިޓު ވަނީ މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރަން ނިންމައިފަ އެވެ.