ads
ޓެންޓްގެ ކުޅުންތެރިން
ދެވަނަ ޑިވިޝަން ސެމީގެ ފަހު ޖާގަ ޓެންޓަށް
ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީގެ ފަހު ޖާގަ ޓެންޓް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ޓެންޓް ސެމީއަށް ދިޔައީ ކުއާޓާ ފައިނަލް ފަހު މެޗުގައި ލެގޫންސް ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެގެންނެވެ. ސެމީގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު، ޓެންޓް ކުޅެން ޖެހޭނީ މަސް އޮޑި ސްޕޯޓްސް ކްލަބާ އެވެ. ދެ ވަނަ ސެމީގައި ކުޅޭނީ ނިއުއާ ވިކްޓްރީއެވެ. ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނީ، ފައިނަލަށް ދަތުރުކުރާ ދެ ޓީމެކެވެ.

ޓެންޓާ ލެގޫންސް ކުޅުނު މެޗުގައި ޓެންޓުގެ ފުރަތަމަ ދެ ލަނޑު ޖެހީ އަލީ އިހުސާންއެވެ. ޓެންޓްގެ ތިންވަނަ ލަނޑު ޖެހީ އަހުމަދު ރިލްވާން (ރިލޭ) އެވެ. 

މެޗުގައި ލެގޫންސް އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އަސްހަދު އަލީ (އަޑުބަރޭ) އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް