ads
ރައީސް މުއިއްޒު ޗައިނާއަށް ކިުރެއްވި ދަތުރުގެ ތެރެއިން
ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ރައީސް ތަޙުނިޔާ ފޮނުއްވައިފި
ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވެވި މެސެޖުގައި މިފެށޭ އަހަރަކީ ޗައިނާގެ ރައްޔިތުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެ ގައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ އަހަރަކަށް ވާނޭކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ ނަންފުޅުގައި ޗައިނާގެ ރައްޔިތުންނަށް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.


ރައީސް ގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުވާފައެވެ.

ރައީސް މުއިއްޒު ވެރިކަމުގައި ޗައިނާ އާ ރާއްޖެ އާއި ދެމެދު ގޮތް ގުޅުން އަންނަަނީ އިތުރަށް ވަރުގަދަކުރަމުންނެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމ ކުރެއްވި ރަސްމީ ދަތުރުވެސް ކުރައްވާފައިވަނީ ޗައިނާއަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް