ads
ލަންކާގެ ޑީއެސްސީއެސް ކޮލެޖްގެ ވޯލް އޮފް ފޭމަށް ޗީފް އޮފް ޑިފެންސް ފޯސް
ޑިފެންސް ސާވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖް (ޑީއެސްސީއެސް)ގެ ވޯލް އޮފް ފޭމްގައި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހިމަނުއްވައިފި އެވެ.

މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފަކީ، ސިފައިންނަށް އަސްކަރީ ތަމްރީނުދިނުމަށް ސްރީ ލަންކާގައި ހިންގާ ޑީއެސްސީއެސް ކޮލެޖުގެ ގްރެޖުއޭޓެކެވެ.

ޑީއެސްސީއެސްގެ ވޯލް އޮފް ފޭމްގައި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް ހިމަނުއްވާފައި ވަނީ، އެ ކޮލެޖުގެ ކޮމާންޑެންޓް މޭޖާ ޖެނެރަލް ލަސަންތާ ރޮޑްރިގޯގެ ދައުވަތަކަށް އެމްއެންޑީއެފްގެ ވަފުދެއް ލަންކާއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވޯލް އޮފް ފޭމްގައި ހިމަނުއްވައި، އެ ކޮލެޖުގެ ވޯލް އޮފް ފޭމްގައި ބަހައްޓާފައިވާ ފޮޓޯ އިފްތިތާހް ކޮށްދެއްވީ މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

އެމްއެންޑީއެފްގެ ވަފުދު ލަންކާއަށް ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމުގެ އަސްކަރިއްޔާގެ އިސްވެރިންނާ ވެސް ވަނީ ބައްދަލުކުރަށްވާފަ އެވެ. އަދި މި ދަތުރުގެ ސަބަބުން ދެ ގައުމުގެ އަސްކަރިއްޔާގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް