އަނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ އަންހެން ދަރިފުޅާއި 50 އަހަރުގެ މަންމާއި 54 އަަހަރުގެ ބޮޑުދައިތައެވެ. މީ ރ. އަލިފުއްޓަށް ނިސްބަތްވާ އާއިލާއެކެވެ.
އެންގިފައިވާ ގޮތުގައި މި އާއިލާ ދުއްވަމުންދިޔަ ކާރު އެކްސިޑެންޓްވީ ކޮޗިން ކައިރީ ހުރު ހޮސްޕިޓަލަކަށް ގޮސް ޑޮކްޓަރަށް ދައްކާފައި އެނބުރި ޓްރިވެންޑްރަމަށް ދިޔަ މަގުމަތީގައެވެ. އެކްސިޑެންޓު ހިނގީ ހައިވޭ މަތިން ކާރު އެއް ފަޅީގައި ފަޅީގައި މަޑިކޮށްލި ވަގުތު އަނެއް ފަޅިން އައި ކާރެއްގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބި ތިން މީހުންގެ ހާލުވެސް ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.