ads
ދިވެހި ކްރިކެޓް ޓީމުގެ ބައެއް މެންބަރުން
ޕްލޭ އޮފް މެޗުގައި ބޫޓާން އަތުން ކްރިކެޓް ޓީމު މޮޅުވެއްޖެ
އޭޝިއާ ކްރިކެޓް ކައުންސިލް (އޭސީސީ) މެންސް ޗެލެންޖާ ކަޕްގެ ޕްލޭއޮފް މެޗުގައި ބޫޓާނާ އަތުން ރާއްޖެ މޮޅުވެއްޖެއެވެ.

އޭސީސީ މެންސް ޗެލެންޖާ ކަޕްގެ ޕްލޭ އޮފް މެޗަކީ މުބާރާތުގެ ނޮކައުޓް ބުރަށް ނުދިޔަ ހަ ޓީމު ރޭންކް ކުރަން ކުޅުނު މެޗުތަކެވެ. މި މެޗުގައި ބޫޓާނާ ވާދަކޮށް ރާއްޖެ މޮޅުވީ 32 ލަނޑުންނެވެ.  

މި މެޗުގައި ރާއްޖޭން ވަނީ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައިވެގެން 137 ލަނޑު ހަދައިފަ އެވެ.  ޖަވާބުގައި ބޫޓާނުން ކުޅެން އަރައި 18.2 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 105 ލަނޑެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ ގުރޫޕް ސްޓޭޖް ނިންމާލީ މޮޅެއް ނުހޯދި އެވެ. ފުރަތަމަ ދެ މެޗުގައި ސިންގަޕޫރާއި ޖަޕާން އަތުން ބަލިވި އިރު ފަހު މެޗުގައި ތައިލެންޑް އަތުން ވެސް ވަނީ ބަލިވެފަ އެވެ.

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް